Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިންގަޕޫރު މެޗުގެ އަމާޒަކީ ޓިމޯ-ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުން: ސުޒޭން

ސިންގަޕޫރު މެޗުގެ އަމާޒަކީ ޓިމޯ-ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުން: ސުޒޭން

އުސްތާޛް މުޙައްމަދު ޢަލީ
417 ދުވަސް ކުރިން - 4 ޖޫން 2025 09:08
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒެއިން.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒެއިން.
ޚުލާސާ

ޤައުމީ ފުޓްބޯޅަޓީމު މާދަމާ ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗުގެ ފޯކަސް ހުރީ މިމަހުގެ 10 ވަނަ ދުވަހު އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ޓިމޯ-ލެސްޓޭއާއި ދެކޮޅަށް ކުޅޭމެޗަށް ތައްޔާރުވުމަށް.

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މާދަމާ ސިންގަޕޫރާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި މައިގަނޑު އަމާޒަކަށް ވާނީ ޓިމޯ-ލެސްޓޭ އާއި ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ތައްޔާރުވުން ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރަށް ފުރުމުގެ ކުރިން ދައުލަތުގެ މީޑިއާ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސުޒެއިން ވިދާޅުވީ، ސިންގަޕޫރު މެޗުގެ ނަތީޖާއަކީވެސް މުހިންމު ނަތީޖާއެކެވެ. ނަމަވެސް، އެ މެޗު ބޭނުންކުރާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ ވާދަވެރި މެޗަށް ވީހާވެސް ބޮޑަށް ތައްޔާރުވުމަށް ކަމަށެވެ.

ސުޒެއިން ވިދާޅުވީ ޤައުމީ ޓީމުގެ ތައްޔާރީތަކާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޕްރެކްޓިސްތަކުންވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށާއި ފިޓްނަސް ވެސް ވަރަށް ރަނގަޅު ކަމަށް ސުޒެއިން ވިދާޅުވިއެވެ.

Advertisement

Advertisement 1

ޤައުމީ ޓީމު ސިންގަޕޫރަށް ދިޔައީ މާދަމ ކުޅޭ އެކުވެރިކަމުގެ މެޗަށެވެ. ސިންގަޕޫރުގެ ދަޢުވަތަކަށް ކުޅޭ މި މެޗު އޮންނާނީ ސިންގަޕޫރު ނޭޝަނަލް ސްޓޭޑިއަމްގައެވެ. ސިންގަޕޫރުގައި ކޭމްޕް ކުރުމަށްފަހު ޤައުމީ ޓީމު ފުރާނީ އޮސްޓްރޭލިއާ އަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ އަވޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޑާވިންގައެވެ. މިއީ ޤައުމީ ޓީމުން އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ.

2027 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗު އޮސްޓްރޭލިއާގެ ޑާވިންގައި އޮންނަ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމަށް ބަދަލުކޮށްފައިވަނީ ޓިމޯ ލެސްޓޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ދަނޑެއް ނެތުމުގެ ސަބަބުންނެވެ.

ސިންގަޕޫރުގައުމީ ފުޓްބޯޅަ ޓީމުޓިމޯ ލެސްޓޭއޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިގުރަށް ކައިރިއަށް ސިންގަޕޫރުގެ ކުއްޖާގެ މަރުވި މައްސަލައިގައި ސްކޫލާއި ދެކޮޅަށް އެ ޤައުމުގެ ކޯޓަށް މައްސަލަ ހުށަހަޅައިފި

ދިގުރަށް ކައިރިއަށް ސިންގަޕޫރުގެ ކުއްޖާގެ މަރުވި މައްސަލައިގައި ސްކޫލާއި ދެކޮޅަށް ދައުވާއުފުލައިފި

5 ދުވަސް ކުރިން - 09:23

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

15 ދުވަސް ކުރިން - 10:42

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

24 ދުވަސް ކުރިން - 20:45

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

53 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

53 ދުވަސް ކުރިން - 23:56

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

56 ދުވަސް ކުރިން - 22:50