އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުޑަކުދިންނަށް ހާއްސަ ފޮތް މައުރަޒެއް އިއްޔެ ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "ކުޑަކުދިންގެ ބުކްފެސްޓް 2025″ ނަމުގައި ކުރިއަށް ގެންދާ އެ މައުރަޒަކީ މިނިސްޓްރީ އާއި ދަގަތަ ޕަބްލިޝާސް އަދި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ފޮތް މައުރަޒެއް ކަމަށެވެ.
ތަފާތު އެކި ވައްްތަރުތަކުގެ ފޮތްތައް އެ މައުރަޒުގައި ލިބެން ހުންނާނެ ކަމަށާއި މިއީ ކުދިންގެ ހިތްތަކުގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަށާއި އެކި ވައްތަރުގެ ފޮތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މައުރަޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މައުރަޒު ހުޅުވިފައި ހުންނާނީ މާދަމާގެ ނިޔަލަށް ކަމަށެވެ. މައުރަޒު ހުޅުވާނީ މެންދުރު 13:30 އިން 15:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:45 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.