އިންޑިއާގައި މީހަކު މަރައިލުމަށްފަހު ފާރެއްގެތެރޭގައި ކޮންކްރީޓް ކޮށްފައި ވަނިކޮށް ފެނިއްޖެ

އިންޑިއާގެ ވެސްޓް ބެންގާލްގައި ހިނގި މި ހާދިސާގައި މަރައިލައިފައި ވަނީ 31 އަހަރުގެ މީހެކެވެ.

ފުލުހުންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވަނީ އޭނާ މަރައިލުމަށްފަހު ފާރެއް ރާނައި ކޮންކްރީޓްކުރީ އޭނާގެ ބޮޑުދައިތަ ކަމަށާއި، އެކަން ކުރި ކަމަށް ބޮޑުދައިތަ ވަނީ ފުލުހުންގެ ތަޙްޤީޤުގައި އިޢުތިރާފް ވެފައެވެ.

އުމުރުން 31 އަހަރުގެ ސައްދާމް ނަމަކަށް ކިޔާ މީހަކު ގެއްލުނުތާ 5 ދުވަސް ފަހުން (މޭމަހުގެ 23 ވަނަ ދުވަހު) ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ އަންހެނުންނެވެ.

ފުލުހުންގެ ތަޙްޤީޤުގައި ސައްދާމްގެ ބޮޑުދައިތަ މިކަން ކުރީ އޭނާ ބްލެކްމެއިލްކޮށް އިންޒާރުދެމުން ގެންދިޔުމާއި ގުޅިގެންނެވެ. އަދި އޭނާ ވަނީ ފުލުހުންނަށް ސައްދާމްގެ ހަށިގަނޑު ވަޅުލާފައިވާ ތަން ދައްކައިދީފައެވެ.