Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤާނޫނީ އިޖުރާޢަތް ފުރިހަމަ ނުކުރާނަމަ ލައިސަންސް ދުލެއް ނުކުރެވޭނެ: އެމްއެމްއޭ

ޤާނޫނީ އިޖުރާޢަތް ފުރިހަމަ ނުކުރާނަމަ ލައިސަންސް ދުލެއް ނުކުރެވޭނެ: އެމްއެމްއޭ

އާނާ ފަހީމް
454 ދުވަސް ކުރިން - 3 ޖޫން 2025 12:24
އެމްއެމްއޭ ބިލްޑިންގ / ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގައި މާލީ އިދާރާއެއް ހިންގުމަށް ހުއްދަ ދޫކުރަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްއެމްއޭއިން ހާމަކޮށްފި.

މާލީ އިދާރާތަކަށް ލައިސަންސް ދޫކުރާނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

ބޭންކިންގ ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާ އިޖުރާއަތުތަކާއި ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކާއި ގުޅިގެން އެމްއެމްއޭއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ބޭންކިންގއާއި ބެހޭ ޤާނޫނުގެ ދަށުން ބޭންކެއް ހިންގުމުގެ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރަނީ ތިން މަރުޙަލާއަކަށް ކަމަށެވެ. އެ ތިން މަރުޙަލާއަކީ:

  1. ލައިސަންސަށް އެދޭ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުން
  2. ހުށަހެޅުން ވަޒަންކުރުން
  3. ލައިސަންސް ދޫކުރުން

އެމްއެމްއޭއިން އިތުރަށް ވިދާޅުވެފައިވަނީ، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި ބަލާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމާއި، ރައުސުމާލުގެ މަސްދަރު، ޙިއްސާދާރުންނާއި އިސް މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕަރ އަދި ހުށަހަޅާފައިވާ ވިޔަފާރި ޕްލޭން ހިމެނޭ ކަމަށެވެ.

Advertisement

Advertisement 1

ލައިސަންސް ދޫކުރުމުގެ ކުރިން، އެމްއެމްއޭގެ ލައިސަންސިންގ ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުން ގެންދެވެނީ އެ އޮތޯރިޓީގެ އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގއަށް ކަމަށާއި، އެންމެ ފަހު ނިންމުން ނިންމަނީ އެމްއެމްއޭގެ ބޯޑުން ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެމްއެމްއޭއިން އިތުރަށް ވިދާޅުވެފައިވަނީ، ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރަނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި، މި މުއްދަތުގައި ކުންފުނި ރަޖިސްޓްރީ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް މުއްދަތެއް ދެވޭ ކަމަށެވެ.

މާލީ ދާއިރާ ހަރުދަނާކޮށް، މިދާއިރާއަކީ ނާޒާހަތްތެރިކަން ޤާއިމްވެފައިވާ ދާއިރާއެއްކަން ކަށަވަރުކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތްކުރަމުންނެވެ.

އެމްއެމްއޭއިން އިތުރަށް ފާހަގަކުރައްވާފައިވަނީ، ބޯޑުން ލައިސަންސް ދޫނުކުރުމަށް ނިންމި ނަމަވެސް، ކޫލިންގ އޯފް ޕީރިއަޑެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ލިބުމުން، އައު އެޕްލިކޭޝަނެއްގެ ގޮތުގައި އަލުން މުޅި އިވެލުއޭޝަން މަރުޙަލާ ހިންގޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

6 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

7 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

8 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

10 ދުވަސް ކުރިން - 16:40