Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްރީލަންކާއިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބަހަން ފަށައިފި

ސްރީލަންކާއިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބަހަން ފަށައިފި

އާނާ ފަހީމް
463 ދުވަސް ކުރިން - 3 ޖޫން 2025 10:44
ސްރީލަންކާއިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުން/ ފޮޓޯ: ފަތުރުވެރިކަމާއި ބެހޭ ވުޒާރާ
ސްރީލަންކާއިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުން/ ފޮޓޯ: ފަތުރުވެރިކަމާއި ބެހޭ ވުޒާރާ
ޚުލާސާ

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ "5 މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމުގެ ބައެއް.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

މި ގަސްތަކަކީ ރައީސް މުޢިއްޒު ފައްޓަވާފައިވާ "5 މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި މަދުވެފައިވާ ހައިވަކަރު ގަސް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ހަދިޔާކޮށްފައިވާ ގަސްތަކެކެވެ.

Advertisement

Advertisement 1

ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު، ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ގަސް ފޮނުވާފައިވެއެވެ. މިހާރު ކުރިއަށްދަނީ ހައިވަކަރު ގަސް ބޭނުންވެގެން ޝައުޤުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ގަސްތައް ހަދިޔާކުރުމުގެ މަސައްކަތެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން މ. އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައި މި ހިނގާ ޖޫން މަހުގެ ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 565,000 ގަސް ވަނީ އިންދާފައެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި ޒީނަތްތެރިކުރުމެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދެމުންދާ އެއްބާރުލުމަށްޓަކައި ރިސޯޓުތަކަށް ވުޒާރާއިން ޝުކުރު އަދާކޮށްފައިވެއެވެ. ފަސް މިލިއަން ގަސް ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގްރީން ކަވަރ އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ފަތުރުވެރިކަންސްރީ ލަންކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07