މިދިޔަ މަހު ރާއްޖެއަށް 135،000 ޓޫރިސްޓުން ޒިޔާރަތްކުރި ކަމާއި މިދިޔަ އަހަރާއި އަޅާބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތާފަސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ޓޫރިޒަމްގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 135,614 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް އައިސްފައި ވަނީ 119,873 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 13.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 966,358 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 892,243 ޓޫރިސްޓުންނާއި އަޅާބަލާއިރު 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ.