މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއާތުގައި އީދު ނަމާދު ކުރާނެ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 2 ޖޫން 2025 16:03
މާފަންނު ސްޓޭޑިއަމްގައި މީގެ ކުރިން ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތް / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާފަންނު ސްޓޭޑިއަމްގައި މީގެ ކުރިން ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތް / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ މާފަންނު ސްޓޭޑިއަމް އާއި ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްގައި.

މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއާތުގައި ބޮޑު އީދު ނަމާދު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގައި ބޮޑު ޖަމާއާތުގައި އީދު ނަމާދު ކުރާ ތަންތަނުގެ އިތުރުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ 24 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ މާފަންނު ސްޓޭޑިއަމް އާއި ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްގައި މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއާތް ހެދުމަށް ކަނޑައެޅިފައިވާ ހަތަރު ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމު ގޮތެއްގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ގައި ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަށް ވަނީ އަންނަ ހުކުރު ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%