މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސިއަކު ޒަޚަމް ކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިންގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައިވާ މައްސަލަ ރޭ މެންދަމު 03:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަނިޔާވީ ބަންގުލަދޭޝް ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.