އިސްލާމީ ހަމަތަކުގެ މަތީން އީދު ފާހަގަކުރަން ސަރުކާރުން އިލްތިމާސްކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 2 ޖޫން 2025 14:49
ލޯކަލް ގަވަނެންސް މިނިސްޓްރީ އާދަމް ޝަރީފް އުމަރު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ލޯކަލް ގަވަނެންސް މިނިސްޓްރީ އާދަމް ޝަރީފް އުމަރު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ޚުލާސާ

މި އަހަރު އީދު ފާހަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި, އިސްލާމްދީން ހުއްދަކުރައްވާފައިވާ ގޮތުގެ މަތީން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި.

ރާއްޖޭގައި އިސްލާމީ ހަމަތަކުގެ މަތީން އީދު ފާހަގަކުރަން ލޯކަލް ގަވަނެސް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ. 

ލޯކަލް ގަވަނެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ދިވެހި ކުދިބޮޑު އެންމެން އީދުގައި ބައިވެރިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި, ހިންގުމަކީ ސަރުކާރުން ތަރުހީބު ދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު އީދު ފާހަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި, އިސްލާމްދީން ހުއްދަކުރައްވާފައިވާ ގޮތުގެ މަތީން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީން ބުނީ އީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައިކަން ކަށަވަރުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ދަންނަވާ ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%