ބޯކޯހަރާމްގެ 60 ޖިހާދިސްޓުން މަރާލައިފިން: ނައިޖީރިއާ ސިފައިން

ޖަވާދު | 239 ދުވަސް ކުރިން - 31 މޭ 2025 10:22
ނައިޖީރިއާގައި ޙަރަކާތްތެރިވާ ބޯކޯ ހަރާމް އިން މީގެ ކުރިން ޢާންމު ކޮށްފައިވާ ފޮޓޯއެއް: އެމީހުންގެތެރެއިން 60 މީހުން އިއްޔެ މަރާލައިފި ކަމަށް ނައިޖީރިއާ ސިފައިން ބުނޭ.
ނައިޖީރިއާގައި ޙަރަކާތްތެރިވާ ބޯކޯ ހަރާމް އިން މީގެ ކުރިން ޢާންމު ކޮށްފައިވާ ފޮޓޯއެއް: އެމީހުންގެތެރެއިން 60 މީހުން އިއްޔެ މަރާލައިފި ކަމަށް ނައިޖީރިއާ ސިފައިން ބުނޭ.
ޚުލާސާ

އިއްޔެއާއި ރޭ ފަތިހު ވެސް ނައިޖީރިއާ ސިފައިން ވަނީ ބޯކޯ ހަރާމް އަދި އައިއެސް ވެސްޓް އެފްރިކާގެ ކޭމްޕުތަކަށް ދެފަހަރެއްގެ މަތީން ޙަމަލާ ދީފަ.

ނައިޖީރިއާގެ އިރުމަތީ އުތުރުގައި ހިންގި ޙަމަލާ ބަދަލުކުރުންތަކުގައި 60 އަށްވުރެ ގިނަ ޖިހާދިސްޓުން މަރާލައިފި ކަމަށް ނައިޖީރިއާގެ ސިފައިން ބުނެފިއެވެ. ނައިޖީރިއާގެ ސިފައިން ބުނީ މަރައިލި މީހުންގެ ތެރޭގައި އިސް ކޮމާންޑަރެއްވެސް ހިމެނޭ ކަމަށެވެ.

މި ސަރަޙައްދަކީ 2009 އިން ފެށިގެން ހަމަނުޖެހުން ހިނގަމުން އަންނަ ސަރަޙައްދެއްކަން ފާހަގަ ކުރެވެއެވެ.

އިއްޔެއާއި ރޭ ފަތިހު ވެސް ނައިޖީރިއާ ސިފައިން ވަނީ ބޯކޯ ހަރާމް އަދި އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް (އައިއެސްޑަބްލިއުއޭޕީ) ގެ ކޭމްޕުތަކަށް ދެފަހަރެއްގެ މަތީން ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ސިފައިން ބުނެފައިވެއެވެ.

އޭއެފްޕީގެ ނޫސްވެރިޔަކަށް ދެ އިންޓެލިޖެންސް މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި ހުކުރު ދުވަހު ބޯކޯ ހަރާމްގެ ކޭމްޕުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު އެތަނުން އެކަނި 60 ޖިހާދިސްޓުން މަރައިލިއެވެ. ނަމަވެސް ރޭ ފަތިހު އައިއެސްގެ ކޭމްޕުތަކަށް ދިން ޙަމަލާ ތަކުގައި މަރުވި މީހުންގެ ތަފްޞީލެއް އަދި އެއްވެސް މަސްދަރަކުން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން، ޗާޑު ކަނޑު ކައިރީގައިވާ ކުކަވާ ކިޔާ ރަށެއްގައި ގާއިމްވެގެން ތިބޭ ބޯކޯ ހަރާމްގެ މަރުކަޒަކަށް ވެސް ނައިޖީރިއާ ސިފައިން ހަމަލާދީ، ބަޔަކު މަރާލާފައި ވެއެވެ. މި ހަމަލާގައި ކުކަވާ ޑިސްޓްރިކްޓުގެ ބޯކޯ ހަރާމްގެ ކޮމާންޑަރު ވަނީ މަރާލާފައެވެ. އޭނާއަކީ “ވޯންޓެޑް މީހެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%