ނައިޖީރިއާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަމަލާތައް އިތުރުވަމުންދާތިވެ އެ ޤައުމުގެ އެދުމަކަށް އެމެރިކާގެ ހަތިޔާރު އެޅި 100 އެއްހާ ސިފައިން ގޮސްފި ކަމަށް ނައިޖީރިއާ އިން ބުނެފިއެވެ.
ޑިފެންސް ހެޑްކުއާޓަރުން ބުނާ ގޮތުގައި އެމެރިކާ ސިފައިން ނައިޖީރިއާ އަށް ގެންދިޔައީ ހުޅަނގުން ހަރުކަށި ކަމަށް ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ނައިޖީރިއާގެ އަސްކަރިއްޔާގެ ގާބިލްކަން ހަރުދަނާ ކުރުމަށާއި ތަމްރީނާއި ފަންނީ އެހީތެރިކަމާއި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށެވެ.
އެމެރިކާ ސިފައިން ސީދާ ހަނގުރާމައިގައި ބައިވެރި ނުވާނެ ކަމަށް އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ. އެމީހުން މަސައްކަތް ކުރަނީ ނައިޖީރިއާގެ އަސްކަރިއްޔާގެ ކޮމާންޑުގެ ދަށުން ކަމަށާއި މިއީ ބޮކޯ ހަރާމް، އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް (އައިއެސްޑަބްލިޔުއޭޕީ) ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ކިބައިން ނައިޖީރިއާ ސަލާމަތް ކުރުމަށް ފޮނުވި ފޯސް އެއް ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ.










