އެފްރިކާ ބައްރުގެ ތެލުގެ ހަބަކަށް ވުމަށް ޓަކައި ނައިޖީރިއާ އިން މަސައްކަތް ފަށައިފިއެވެ.
ނައިޖީރިއާގެ ބިލިއަނަރު އަލީކޯ ގެ ޑަންގޯޓޭ ގުރޫޕުން ބުނީ ފެބުރުއަރީ މަހުން ފެށިގެން ނައިޖީރިއާގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ވަރަށް ވުރެ 15-20 މިލިއަން ލީޓަރާއި ދޭތެރޭގެ ޢަދަދަކަށް ކޮންމެ ދުވަހަކު ތެޔޮ ސާފުކޮށް، ބައިނަލްއަޤްވާމީ މާކެޓަށް ނެރޭނެ ކަމަށެވެ.
އެފްރިކާގެ ބިލިއަނަރު އަލިކޯ ޑަންގޯޓޭ ބުނީ ތެޔޮ ވިއްކާނީ އަވަށްޓެރި ޤައުމުތަކަށް ކަމަށާއި، ސަރަޙައްދީ ހަކަތައިގެ ނުފޫޒު ގަދަ ބާރަކަށް ނައިޖީރިއާ އަށް ބަދަލުވެވޭނެ ކަމެކެވެ.
ގާތްގަނޑަކަށް 48 ބިލިއަން ފީފާގެ ތެލާއި އެކު އެފްރިކާގެ އެންމެ ބޮޑު ތެލުގެ ރިޒާވް އެއް އޮތީ ލީބިޔާގައެވެ. ދެން އޮތީ ނައިޖީރިއާއެވެ.
އިސްތިޢުމާރީ ދުވަސްވަރު (19 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން 1960 ވަނަ އަހަރު ނައިޖީރިއާގެ މިނިވަންކަމާއި ހަމައަށް) އިނގިރޭސީން ވަނީ ނައިޖީރިއާގެ މުއްސަނދިކަން ފޭރިގަނެފައެވެ. އެގޮތުން ރަން، ދަގަނޑު، އަދި އަގުހުރި އެތައް މަޢުދަނެއް ނެގިއެވެ.
ނައިޖީރިއާ ސަރުކާރުން އިއްޔެ ބުނި ގޮތުގައި އެ ޤައުމުގައި 7،000 ތެލުގެ ރިޒާވް އެބަހުއްޓެވެ. އޭގެ ތެރެއިން 1700 ތަން ފިޔަވައި ދެން ހުރި ތަންތަނުން އަދި ތެޔޮ ސާފު ނުކުރާ ކަމަށް އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޕެޓްރޯލިއަމް ރިސޯސަސް އިން ބުންޏެވެ.
އޯޕެކް ގައުމުތަކުން ތެޔޮ ސަޕްލައި ކުރަން މަދުކުރަން ނިންމުމުގެ ކުރިން 2000-2005 ވަނަ އަހަރާއި ދެމެދު ނައިޖީރިއާ އިން ދުވާލަކު ގާތްގަނޑަކަށް ދެމިލިއަން ފީފާ ތެޔޮ ސާފު ކުރިއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނައިޖީރިއާ އިން ތައްޔާރުވަމުންދަނީ ދުވާލަކު އުފައްދާ ތެލުގެ މިންވަރު ވަރަށް ބޮޑަށް އިތުރުކުރުމަށެވެ އެ ޕްލޭން ކާމިޔާބު ވެއްޖެނަމަ ދުވާލަކު 2.5 މިލިއަން ފީފާ އަށް އަރާނެއެވެ. އެފްރިކާގެ ތެލުގެ މައި ހަބަށް ވެވޭނެއެވެ.






