ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ ހަތިޔާރު އެޅި ބޯކޯ ހަރާމް ގެ ހަނގުރާމަވެރިންގެ ކިބައިން 360 އަށްވުރެ ގިނަ މީހުން ނައިޖީރިއާ ސިފައިން ސަލާމަތް ކޮށްފިއެވެ. މި މީހުންނަކީ އެ ޖަމާއަތުން ވަގަށް ނަގައި ރަހީނު ކޮށްފައިވާ މީހުންނެވެ.
ނައިޖީރިއާގެ އިރުއުތުރުގެ ފަރުބަދަތައް މަތީގައި އުޅޭ ބޯކޯހަރާމްގެ ޖަމާއަތުން ކިޑްނެޕް ކުރި އަންހެނުންނާއި ކުޑަކުދިންތައް ރައްކާތެރި ތަންތަނަށް ގެންގޮސްފައިވާއިރު، ދެތުއްތު ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ
މި މީހުން ސަލާމަގް ކޮށްފައި ވަނީ ނައިޖީރިއާ ސަރުކާރުން ޑިމާންޑްތައް ފުއްދައި ނުދީފިނަމަ 416 އަސީރުން މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ވީޑިއޯއެއް ބޯކޯ ހަރާމްގެ ފެކްޝަނަކުން އާންމުކުރިތާ ހަފްތާތަކެއް ފަހުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ޖަމާއަތުން ވަނީ 72 ގަޑިއިރުގެ ތެރޭގައި ރަހީނުކުރި މީހުން ދޫކޮށްލުމަށް ފިދާއެއްގެ ގޮތުގައި އެތައް ބިލިއަން ނައިރާއެއް ނުދީފި ނަމަ އެމީހުން މަރާލާނެ ކަމަށް ބުނެފައެވެ.
ނައިޖީރިއާ ސިފައިން އެ އެ ހުރިހާ އަސީރުން ސަލާމަތްކުރީ ކިހިނަކުން ކަމެއް ހާމައެއް ނުކުރެއެވެ. އަދި 416 އަސީރުންގެ ތެރެއިން ސަލާމަތް ކުރެވުނު ސީދާ އަދަދެއް ވެސް އަދި ހާމައެއް ނުކުރެއެވެ.









