ދުޝްމަނުންނާއި ކުރިމަތިލައި ފުރާނަ ގެއްލުނު ނައިޖީރިއާގެ ބްރިގޭޑިއާ ޖެނެރަލް އޮސީނީ އޯމާ ބްރައިމާގެ އާއިލާ އަށް ރައީސް މުހައްމަދު ތައުޒިޔާ ދެންނެވުން.
ނައިޖީރިއާގެ ހަމަނުޖެހުން ބޮޑު އިރުއުތުރުގެ ސަރަހައްދުގައި ހުރި ސިފައިންގެ މަރުކަޒަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ރޭގަނޑުގެ ވަގުތު ދިން ހަމަލާއެއްގައި ސިފައިންގެ އިސް އޮފިސަރަކު މަރާލައިފި ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
ރޭގަނޑު ދަންވަރު ހަތިޔާރު އެޅި ހަނގުރާމަވެރިން އެ ފެސިލިޓީއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ، އެތައް ގަޑިއިރެއް ވަންދެން ކުރިމަތިލުންތައް ހިންގިއެވެ. މި ހަމަލާތަކުގައި ނައިޖީރިއާ ސިފައިންގެ އިސް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް އޮސީނީ އޯމާ ބްރައިމާ ވަނީ މަރުވެފައެވެ. ނައިޖީރިއާގެ ރައީސް ވަނީ އޮސީނީ އަށް ބަޠަލެއްގެ ޝަރަފް ދެއްވައި ޢާއިލާ އާއި ވެސް ބައްދަލު ކުރައްވާފައެވެ.
ނައިޖީރިއާ ސަރުކާރަށް ހަނގުރާމަވެރިން ފަހަތަށް ޖައްސައިލެވުނީ ވައިގެމަގުން ޙަމަލާތައް ދީގެންނެވެ.
މަރުވި މީހުންގެ ސީދާ އަދަދު ރަސްމީކޮށް ކަށަވަރު ނުވާއިރު، ސީނިއާ ކޮމާންޑަރުގެ އިތުރުން އެތައް ސިފައިންނެއް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.










