އުޅަނދެއް ބަންޑުން ޖަހާލައި ބަޔަކު މަރުވެއްޖެ

ޖަވާދު | 54 ދުވަސް ކުރިން - 29 މޭ 2025 08:36
ސްޕެއިންގެ ކެނޭރީ އައިލެންޑްސްގެ ކައިރިން ރެފިއުޖީންނާއެކު ބަންޑުން ޖަހައިލި އުޅަނދު.
ސްޕެއިންގެ ކެނޭރީ އައިލެންޑްސްގެ ކައިރިން ރެފިއުޖީންނާއެކު ބަންޑުން ޖަހައިލި އުޅަނދު.
ޚުލާސާ

ސްޕޭނުން 180 އަށްވުރެ ގިނަ ރެފިއުޖީން ގޮވައިގެން ދަތުރުކުރި އުޅަނދެއް ބަނޑުންޖަހައިލައި، މަދުވެގެން ހަތް މީހަކު މަރުވެއްޖެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނޭ.

ސްޕެއިންގެ ކެނޭރީ އައިލެންޑްސްގެ އެލް ހިއެރޯގެ ލާ ރެސްޓިންގާ ބަނދަރާއި ކައިރިން 180 އަށްވުރެ ގިނަ ރެފިއުޖީންނާއެކކު ދަތުރުކުރި އުޅަނދެއް ބަނޑުންޖަހައިލައި، މަދުވެގެން ހަތް މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.

މި ހާދިސާ ހިނގީ "ކައުކޯ" ކިޔާ ބާވަތުގެ އުޅަނދެއް ބަނދަރާއި ކައިރިވަމުން ދަނިކޮށެވެ. ރެސްކިއު ސާވިސްއިން މީހުން ސަލާމަތްކުރަނިކޮށް އުޅަނދުގައި ތިބި މީހުން އެއް ފަރާތަކަށް ޖަމާވުމުން އުޅަނދު ވަނީ ބަނޑުންޖަހައިލާފައެވެ.

ސަލާމަތީ ފަރާތްތަކުން ގިނަ ޢަދަދެއްގެ މީހުން ސަލާމަތްކުރި ނަމަވެސް ހަތަރު އަންހެނުންނާއި ތިން ކުޑަކުދިން މަރުވެފައިވެއެވެ. މަރުވި ކުދިންގެ ތެރޭގައި ފަސް އަހަރާއި ދިހަ އަހަރުގެ ކުދިން ހިމެނޭއިރު، ފަސް އަހަރުގެ އެއް ކުއްްޖަކު މަރުވެފައިވަނީ ޓެނެރީފޭގެ ހޮސްޕިޓަލަކަށް ގެންދިޔުމަށްފަހުގައެވެ.

އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކެނޭރީ އައިލެންޑްސްއަށް ރެފިއުޖީން ނުރައްކާތެރި ނުވަތަ ރިސްކު ބޮޑު ދަތުރުތައް ކުރާއިރު 2024 ވަނަ އަހަރު 47،000 އާ ގާތްކުރާ އަދަދެއްގެ މީހުން މި މަގުން ކެނޭރީ އައިލެންޑްސްއަށް ގޮސްފައި ވެއެވެ. ނަމަވެސް މިއަހަރުގެ މެއި މަހުގެ މެދާ ހަމައަށް ދިޔަ މީހުންގެ އަދަދު ވަނީ 34 އިންސައްތަ ދަށްވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%