Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

އައިޝަތު ރުވާ ރިފްޢަތު
424 ދުވަސް ކުރިން - 28 މެއި 2025 13:08
ސޫދާން /ފޮޓޯ: އަލް ޖަޒީރާ
ސޫދާން /ފޮޓޯ: އަލް ޖަޒީރާ
ޚުލާސާ

ސޫދާނުގެ ހާލަތު ވަރަށް ގޯސް.. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 90 އިންސައްތައަކީ ވެރިރަށް ޚަރްތޫމްގެ ރައްޔިތުން.

ސޫދާންގައި ކޮލެރާ ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި 172 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މުއްދަތުގައި ބަލި ޖެހިފައިވާ 2,700 މީހުން ދެނެގަނެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވެރިރަށް ޚަރްތޫމްގައި ކަމަށާއި، ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 90 އިންސައްތައަކީ ޚަރްތޫމްގެ ރައްޔިތުން ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ނުރައްކާތެރި ބަލި ފެތުރެމުންދަނީ ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާއި ދެމެދު ހިނގަމުންދާ އަހުލީ ހަނގުރާމައިގެ ތެރޭގައެވެ. މި ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

Advertisement

Advertisement 1

ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އާރްއެސްއެފުން ވަނީ ޚަރްތޫމްގެ ކަރަންޓާއި ސާފު ބޯފެން ފޯރުކޮށްދޭ މަރުކަޒުތަކަށް ޙަމަލާދީފައެވެ. މީގެ ސަބަބުން ވެރިރަށުގެ ރައްޔިތުންނަށް ކަރަންޓާއި ސާފު ބޯފެން ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ. ޚަރްތޫމްގެ އިތުރުން ޤައުމުގެ ދެކުނާއި މެދުތެރެ އަދި އުތުރުގެ ސަރަޙައްދުތަކުގައިވެސް ކޮލެރާ ފެތުރެމުންދާ ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.

ކޮލެރާއަކީ ސޫދާންގައި ޢާންމުކޮށް ފެތުރެމުންދާ ބައްޔެއް ނަމަވެސް، އަހުލީ ހަނގުރާމަ ފެށުމާއެކު މި ބަލި ފެތުރުން އިތުރުވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާޒާރާއިން ފާހަގަކުރިއެވެ. ހަނގުރާމައިގެ ސަބަބުން ޤައުމުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އަހުލީ ހަނގުރާމައިގެ ސަބަބުން ސޫދާންގެ ޞިއްޙީ ނިޒާމު ބަލިކަށިވެފަިވާ ކަމަށާއި އަދި ހަނގުރާމައިގެ ސަބަބުން ޤައުމުގެ ހަސްފަތާލުތަކުގެ ތެރެއިން 90 އިންސައްތަ ބައެއް ހާލަތްތަކުގައި ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހާމަކުރިއެވެ.

ކޮލެރާއަކީ ތަޣައްޔަރުވެފައިވާ ފެނާއި ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އަދި ވަގުތުން ޞިއްޙީ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ބައްޔެކެވެ. ނަމަވެސް، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، އެކަށީގެންވާ ބޭސްފަރުވާ ލިބިއްޖެނަމަ މި ބަލި ކޮންޓްރޯލްކުރެވިދާނެއެވެ.

ސޫދާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސޫދާނުގައި ތިބި ޞުލްޙަ ބަލަހައްޓާ ފައުޖަށް ޙަމަލަދީ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

ޞުލްޙަ ބަލަހައްޓާ ފައުޖުގެ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

223 ދުވަސް ކުރިން - 10:21

ވަޅުލާނެ ތަނެއް ނެތިގެން ސޫދާނުގެ މަގުތަކާއި ޕާކުތަކުގައި އެތައްސަތޭކަ ބަޔަކު ވަޅުލައިފި

ސޫދާނުގެ މަގުތަކުގައި ވެސް މީހުން ވަޅުލާން ފަށައިފި

258 ދުވަސް ކުރިން - 13:05

ސޫދާނުގެ 40000 މުސްލިމުން މަރުވެ 12 މިލިއަން މީހުން ރެފިއުޖީންނަށްވެއްޖެ! ދުނިޔެ ހިމޭނުން!

ސޫދާނުގެ 40000 މީހުން މަރުވެއްޖެ! ދުނިނެ ހިމޭނުން!

261 ދުވަސް ކުރިން - 13:33

ސޫދާނުގެ ޖަލަކަށް ޙަމަލާދީ 20 މީހުން މަރާލައި 50 މީހުން ޒަޚަމް ކޮށްފި

ސޫދާނުގެ ޖަލަކަށް ޙަމަލާދީ ގިނަބަޔަކު މަރާލައިފި

439 ދުވަސް ކުރިން - 11:06

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު މަރާލައިފި

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު

448 ދުވަސް ކުރިން - 11:15

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

456 ދުވަސް ކުރިން - 10:34