Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޅުލާނެ ތަނެއް ނެތިގެން ސޫދާނުގެ މަގުތަކާއި ޕާކުތަކުގައި އެތައްސަތޭކަ ބަޔަކު ވަޅުލައިފި

ވަޅުލާނެ ތަނެއް ނެތިގެން ސޫދާނުގެ މަގުތަކާއި ޕާކުތަކުގައި އެތައްސަތޭކަ ބަޔަކު ވަޅުލައިފި

ޢަބްދުﷲ ޖުނައިދު
207 ދުވަސް ކުރިން - 10 ނޮވެންބަރު 2025 13:05
ސޫދާނުގައި މިހާރު ކުރިޔަށްދާ  ހަނގުރާމައިގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ވަޅުލާފައިވާ ވަޅުގަނޑެއް / ފޮޓޯ: މިޑްލްއީސްޓް އައި
ސޫދާނުގައި މިހާރު ކުރިޔަށްދާ ހަނގުރާމައިގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ވަޅުލާފައިވާ ވަޅުގަނޑެއް / ފޮޓޯ: މިޑްލްއީސްޓް އައި
ޚުލާސާ

ދާރްފޫރުން 87 މީހުން ވަޅުލާފައިވާ ކަށްވަޅެއް ފެނިފައިވާއިރު އުއްމު ދުރްމާނުގެ އެކިތަންތަނުން 465 މީހެއްގެ ގަބުރު އަދި އަލް ޚަރްޠޫމުން 117 މީހެއްގެ ގަބުރު ފެނިފައިވޭ.

ސޫދާނުގައި ހިނގަމުންދާ ބިރުވެރި ޤަތުލުޢާންމުގައި މިހާތަން 40،000 އަށް ވުރެ ގިނަ މުސްލިމުންގެ ފުރާނަ ގެއްލިފައި ވާއިރު، ގިނަ މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ޢާންމުކޮށް ކަންކުރާ އުޞޫލާއި ޚިލާފަށް ކަމަށާއި ސަހަރާއަށް ވަޅުލާން ނުގެންދެވިގެން، ވަޅުލާނެ ތަނެއް ނެތުމުން އެތައް ސަތޭކަ ބަޔަކު ވަޅުލާފައި ވަނީ މަގުތަކާއި ޕާކުތަކާއި ކޯރުތަކުގެ އައްސޭރީގައި ކަމަށް ސޫދާނާއި ގުޅުން ހުރި އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

ސޫދާނުގެ މަގުތަކުންނާއި ސިޓީތަކުގެ ބޭރުން ވެސް ގިނަ ޢަދަދެއްގެ ގަބުރުތައް ފެނިފައިވާ ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވެސް ވަނީ ބުނެފައެވެ.

މިވަގުތު އެންމެ ބޮޑަށް ޙަމަލާތައް ދެމުން ދަނީ ހުޅަނގު ދާރްފޫރް ގެ އަލް ޖަނީނާގައެވެ. ޚަބަރު ލިބޭ ގޮތުގައި ސަހަރާގައި ވަޅުލެވޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު އަލް ޖަނީންގެ އެކި ހިސާބުތަކުގައި ވަޅުލާފައި ވެއެވެ. އޭގެތެރެއިން 87 މީހުން ވަޅުލާފައިވާ ކަށްވަޅެއް ފެނިފައިވާ ކަމަށް އދ. އިން ވެސް ކަށަވަރު ކުރެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން އުއްމު ދުރްމާންގެ ދެކުނުގެ އެކި ހިސާބުތަކުން ވެސް 465 މީހުންގެ ހަށިގަނޑު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފައެވެ. މީހުން ވަޅުލާފައި ވަނީ ފުނިފުންޏަށެވެ. ބައެއް ކަށްވަޅުތަކުން 27 އަށް ވުރެ ގިނަ ގަބުރު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކާއި ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ސޫދާނުގެ ސަރުކާރުން ބުނީ އަލް ޚަރްޠޫމްގެ އެކި ތަންތަނުން ވެސް ގާތްގަނޑަކަށް 117 ކަށްވަޅު ފެނިގައިވާ ކަމަށެވެ. އޭގެތެރޭގައި ގޭގެއާއި މަގުތަކާއި ޕާކުތައް ހިމެނެއެވެ.

ސޫދާނުގައި އަހުލީ ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސޫދާނުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އާއި ދެމެދު ބާރުތައް ބެހުމުގައި ޚިޔާލު ތަފާތުވެގެން ހިނގި ކޯޅުންތަކާއި އެކުއެވެ. ހަނގުރާމަ ފެށުމުގެ ކުރިން އާރުއެސްއެފް އަކީ ސޫދާނުގެ އަސްކަރިއްޔާ އާއި އެކުގައި ޤައުމުގެ ވަޞީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި މަސައްކަތްކުރި ޖަމާޢަތެކެވެ. ނަމަވެސް ފަހުން ސޫދާން ސަރުކާރުން ބޭނުންވީ އާރްއެސްއެފް އަކީ ސިފައިންގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުމަށެވެ. މިއާއި އެކު ކޯޅުންތައް ބޮޑުވެ އާރްއެސްއެފުން ނިންމީ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ޤައުމުގެ ވެރިކަމެވެ. އެއާއި އެކު 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރަން ފެށިއެވެ.

ސޫދާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސޫދާނުގައި ތިބި ޞުލްޙަ ބަލަހައްޓާ ފައުޖަށް ޙަމަލަދީ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

ޞުލްޙަ ބަލަހައްޓާ ފައުޖުގެ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

172 ދުވަސް ކުރިން - 10:21

ސޫދާނުގެ 40000 މުސްލިމުން މަރުވެ 12 މިލިއަން މީހުން ރެފިއުޖީންނަށްވެއްޖެ! ދުނިޔެ ހިމޭނުން!

ސޫދާނުގެ 40000 މީހުން މަރުވެއްޖެ! ދުނިނެ ހިމޭނުން!

210 ދުވަސް ކުރިން - 13:33

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

373 ދުވަސް ކުރިން - 13:08

ސޫދާނުގެ ޖަލަކަށް ޙަމަލާދީ 20 މީހުން މަރާލައި 50 މީހުން ޒަޚަމް ކޮށްފި

ސޫދާނުގެ ޖަލަކަށް ޙަމަލާދީ ގިނަބަޔަކު މަރާލައިފި

388 ދުވަސް ކުރިން - 11:06

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު މަރާލައިފި

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު

397 ދުވަސް ކުރިން - 11:15

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

405 ދުވަސް ކުރިން - 10:34