Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޫދާނުގެ 40000 މުސްލިމުން މަރުވެ 12 މިލިއަން މީހުން ރެފިއުޖީންނަށްވެއްޖެ! ދުނިޔެ ހިމޭނުން!

ސޫދާނުގެ 40000 މުސްލިމުން މަރުވެ 12 މިލިއަން މީހުން ރެފިއުޖީންނަށްވެއްޖެ! ދުނިޔެ ހިމޭނުން!

ޢަބްދުﷲ ޖުނައިދު
261 ދުވަސް ކުރިން - 7 ނޮވެންބަރު 2025 13:33
ސޫދާނުގެ ގިނަ ޢަދަދެއްގެ މުސްލިމުންތަކެއް މަރާލާފައިވާއިރު، އެމީހުންގެ ޖަނާޒާ ކުރިޔަށްދަނީ.
ސޫދާނުގެ ގިނަ ޢަދަދެއްގެ މުސްލިމުންތަކެއް މަރާލާފައިވާއިރު، އެމީހުންގެ ޖަނާޒާ ކުރިޔަށްދަނީ.
ޚުލާސާ

ސޫދާނުގެ އަނިޔާވެރި ދާޚިލީ ހަނގުރާމަ އަށް ދެއަހަރު ނިމި ތިންވަނަ އަހަރަށް ގުނާއިރު 40،000 އަށް ވުރެ ގިނަ މީހުން މަރާލައިފި.



ސޫދާނުގެ ހަމަނުޖެހުންތަކުގެ ސަބަބުން އަނިޔާވެ، ގެދޮރު ގެއްލިފައިވާ ޢާއިލާއެއް ބެޑްޝީޓް ފޮތިން ޓެންޓެއް ހަދައި ހިޔާވަހިކަން ހޯދައިގެން، އަނިޔާވެފައިވާ ތުއްތު ދަރިފުޅައެކު.

ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި 40،000 އަށް ވުރެ ގިނަ މީހުން މަރުވެ، 12 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކަ އެވެ. މިހާރު ތިންވަނަ އަހަރަށް ވެފައިވާ މި އަނިޔާވެރި ހަނގުރާމައިގެ ސަބަބުން އެފްރިކާގެ އެންމެ ބޮޑު އެއް ޤައުމު އިންތިހާ އަށް ބޮޑު އިންސާނީ މުސީބާތަކަށް މި ވަނީ ބަދަލުވެފައެވެ. އެތައް މިލިއަން މުސްލިމުންނަށް ކުރިމަތިވެފައިވަނީ ބަނޑުހައިހޫނުކަމާއި، ތަފާތު ވައްތަރުތަކުގެ ބަލި ފެތުރުމާއެވެ. ޞިއްޙީ ފަރުވާ އާއި ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ ތަޢުލީމީ ނިޒާމު ވެސް ފުނޑިއްޖެއެވެ.

Advertisement

Advertisement 1

ވާދަވެރި އަސްކަރީ ބާރުތަކުގެ މެދުގައި ހަމަނުޖެހުންތައް ކުރިއަށްދާއިރު ސޫދާނުގެ ގެތައް އެ ދަނީ ދެވަނަ ޣައްޒާ އަށް ވަމުންނެވެ. ސިޓީ ސަރަޙައްދުތަކުގައި ތާށި ވެފައި ތިބި ރައްޔިތުން އެ ދަނީ ބިރުވެރި ބަޑީގެ އުންޑަތަކާއި ބޮމުގެ އިތުރުން ފޭރުމާއި، ޖިންސީ އަނިޔާތަކާއި ރޭޕް ކުރުމާއި ކުރިމަތިލަމުންނެވެ.

ސޫދާނުގެ މަގުމަތީގައި ބަޑިޖަހައި މަރާލާފައިވާ ބަޔަކު ވެއްޓިފައި ތިބިއިރު އެމީހުންގެ ކައިރީގައި ބަޔަކު ހުއްޓިލައިގެން.

މި އަޑު ބަޔަކަށް އިވޭހެއްޔެވެ؟ ބައިނަލްއަޤްވާމީ ފަރާތްތަކުން އިންޒާރު ދެނީ ސޫދާން އޮތީ ބަނޑުހައިހޫނުކަމުގެ މަގުމަތީގައި ކަމަށެވެ. ހަނގުރާމަ ހުއްޓުވަން އދ އެ އޮތީ ނުކުޅުދިފައެވެ.

ސޫދާންގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ހަނގުރާމަވެރިން، އެ ޤައުމުގެ ޢާންމު ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމައިގެ ކުށްތަކާއި ޖަރީމާތައް ހިންގަން ފެށީ ޣައްޒާ ހަނގުރާމަ އަށްވުރެ ކުރިން، އޭޕްރީލް 2023 ގައެވެ. ޖެނެރަލް ޢަބްދުލް ފައްތާޙް އަލް ބުރުހާން އިސްކޮށް ހުންނަވައިގެން ސޫދާނުގެ ސިފައިން (އެސްއޭއެފް) އާއި މުޙައްމަދު ޙަމްދާން ދަގަލޯ (ހެމެދުތީ) ގެ ކޮމާންޑުގެ އާރުއެސްއެފް އާއި ދެމެދު މި އަހުލީހަނގުރާމަ ފެށިގެން ދިޔައީ، 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރުމާއި އެކުގައެވެ.

40000 މުސްލިމުން ސޫދާނުން މަރާލާފައިވާ ކަމަށް އދ. އިން ބުނާއިރު ސޫދާނުގެ އެކި ފަރާތްތަކުން ބުނަނީ މަރުވި މީހުންގެ ޢަދަދު 50،000 ފަހަނައަޅައި ގޮސްފި ކަމަށެވެ. ކޮންމެޔަކަސް، މި ހަނގުރާމަ މިއަދު މިއޮތީ ބޮއްސުންލާފައެވެ. ދުނިޔޭގެ ބާރުގަދަ ޤައުމުތައް ވެސް ތިބީ ހިމޭނުންނެވެ.

ސޫދާން
Advertisement
Advertisement

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޒަރީރު

260 ދުވަސް ކުރިން - 10:11

ކާފަރުން މުސްލިމުންނާ ހަނގުރާމަ ނުކުރާނަމަ މުސްލިމުން މުސްލިމުންނާ ހަނގުރާމަ ކޮށްގެންނަމަވެސް ކޮންމެވެސް ޖަގަޑާއެއް ހަދައެވެ.

ގުޅޭ ޚަބަރުތައް

ސޫދާނުގައި ތިބި ޞުލްޙަ ބަލަހައްޓާ ފައުޖަށް ޙަމަލަދީ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

ޞުލްޙަ ބަލަހައްޓާ ފައުޖުގެ ބަންގްލަދޭޝްގެ ސިފައިންތަކެއް މަރާލައިފި

223 ދުވަސް ކުރިން - 10:21

ވަޅުލާނެ ތަނެއް ނެތިގެން ސޫދާނުގެ މަގުތަކާއި ޕާކުތަކުގައި އެތައްސަތޭކަ ބަޔަކު ވަޅުލައިފި

ސޫދާނުގެ މަގުތަކުގައި ވެސް މީހުން ވަޅުލާން ފަށައިފި

258 ދުވަސް ކުރިން - 13:05

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

ކޮލެރާ ފެތުރި 7 ދުވަސްތެރޭ 172 މަރު

424 ދުވަސް ކުރިން - 13:08

ސޫދާނުގެ ޖަލަކަށް ޙަމަލާދީ 20 މީހުން މަރާލައި 50 މީހުން ޒަޚަމް ކޮށްފި

ސޫދާނުގެ ޖަލަކަށް ޙަމަލާދީ ގިނަބަޔަކު މަރާލައިފި

439 ދުވަސް ކުރިން - 11:06

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު މަރާލައިފި

ސޫދާން ހޮސްޕިޓަލަށް ބޮން އަޅައި އެތައް ބަޔަކު

448 ދުވަސް ކުރިން - 11:15

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

456 ދުވަސް ކުރިން - 10:34