ސޫދާނުގެ މައްސަލަ ބޮޑު ސަރަޙައްދުގައި ޙަރަކާތްތެރިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ޞުލްޙަ ބަލަހައްޓާ ފައުޖަށް ޙަމަލާދީ ބަންގްލަދޭޝްގެ ހަސިފައިން މަރާލައި 16 ވަރަކަށް ސިފައިން ޒަޚަމް ކޮށްލައިފިއެވެ.
ސޫދާނާއި ދެކުނު ސޫދާނުގެ ދެމެދު އަލުން ހަނގުރާމަތަކެއް ފެށިދާނެތިވެ، ޢާންމުން ޙިމާޔަތްކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެ ސަރަޙައްދުގެ ހަމަޖެހުން ޤާއިމް ކުރުމަށް 2011 ވަނަ އަހަރުން ފެށިގެން އދ.ގެ ޞުލްޙަ ބަލަހައްޓާ ފައުޖު ދަނީ ޙަރަކާތްތެރިވަމުންނެވެ.
އެ ފައުޖު އޮތީ ސޫދާނާއި ދެކުނު ސޫދާނުން ވެސް ތިމަންނާމެންގެ ތަނެއް ކަމަށް ދަޢުވާ ކުރަމުންދާ އަބޭއީ ސަރަޙައްދުގައެވެ. އެއީ ތެލުގެ މުއްސަނދި ސަރަޙައްދެކެވެ.
ޞުލްޙަ ބަލަހައްޓަ ފައުޖެއް ސޫދާނުގައި އޮތަސް ދޭތެރެދޭތެރެއިން ކުރިމަތިލުންތައް ހިނގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ޙަމަލާތައް ބަދަލުކުރެއެވެ.






