ސޫދާނުގެ ޖަލަކަށް ޙަމަލާދީ 20 މީހުން މަރާލައި 50 މީހުން ޒަޚަމް ކޮށްފި

ޖަވާދު | 9 ދުވަސް ކުރިން - 13 މޭ 2025 11:06
ސޫދާނުގެ ޖަލަކަށް ހަމަލާދިނުން: ހަމަލާގެ ފަހަތުގައި އޮތީ ހަތިޔާރުއެޅެ ބާރުގަދަ އާރުއެފްއެސް.
ސޫދާނުގެ ޖަލަކަށް ހަމަލާދިނުން: ހަމަލާގެ ފަހަތުގައި އޮތީ ހަތިޔާރުއެޅެ ބާރުގަދަ އާރުއެފްއެސް.
ޚުލާސާ

ޑްރޯން ބޭނުން ކޮށްގެން ޖަލަށް ހަމަލާ ދިނީ ރެޕިޑް ސަޕޯޓް ފޯސްއިން.

ސޫދާުގައި ހިނގަމުންދާ އަނިޔާވެރިކަން އިތުރުވެ، ރެޕިޑް ސަޕޯޓް ފޯސް (އާރު.އެސް.އެފް)ގެ ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ހޮނިހިރު ދުވަހު ވެސް އެލް އޮބެއިދުގެ ޖަލަކަށް އާރު.އެސް.އެފްއިން ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން 20 ގައިދީން މަރުވެފައި ވާއިރު، 50 އަކަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށް މަސްދަރުތަކުން ބުނެއެވެ.

މިހާރު ތިން އަހަރު ވަމުންދާ މި ހަނގުރާމައިގެ ސަބަބުން 20،000 އަށްވުރެ ގިނަ މީހުން މަރުވެ، 15 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާކަމަށް އ.ދ އާއި އެހެނިހެން ފަރާތްތަކުން ބުނެއެވެ.

މި ހަނގުރާމަ ފެށެން މެދުވެރިވި މައިގަނޑު ސަބަބަކީ 2019 ވަނަ އަހަރު އުމަރު އަލް ބަޝީރު ވެރިކަމުން ވައްޓާލުމަށްފަހު، ސޫދާނުގެ އިންތިގާލީ މަދަނީ-އަސްކަރީ ސަރުކާރުން ސަލާމަތީ ދާއިރާ އިސްލާހު ކުރަން މަސައްކަތް ކުރިކުރުމެވެ. އެ އިސްލާހުގެ މުހިންމު ބަޔަކީ އާރުއެސްއެފް އާއި ސޫދާނުގެ ސިފައިން (އެސްއޭއެފް) އެއްކޮށްލުމެވެ. މަޤްޞަދަކީ މިލިޝިއާތަކުގެ ނުފޫޒު ކުޑަކޮށް، އެއްބައިވަންތަ ޤައުމީ ލަޝްކަރެއް ބިނާކުރުމެވެ. ނަމަވެސް މިކަމާއި އާރުއެސްއެފްގެ ލީޑަރު މުހައްމަދު ހަމްދާން ދަގަލޯ (ހެމަދުތީ) ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. ނަތީޖާއަކީ ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލި އެޕްރީލް 2023 އިން ފެށިގެން އެޤައުމުގައި އެ ދެބާރުގެ މެދުގައި ވަރަށް ވަރުގަދަޔަށް ހަނގުރާމަ ފެށުމެވެ. ސިފައިންގެ ބާރުތަކުގެ މެދުގައި ހިނގަމުންދާ މި ހަނގުރާމައިގައި ހިމެނެނީ ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރްހާންގެ ދަށުގައިވާ ސޫދާނުގެ ހަތިޔާރުއެޅި އެސް.އޭ.އެފް އަދި ހެމެދްތީ ގެ ދަށުގައިވާ އާރު.އެސް.އެފް އެވެ.

މިކަމުގެ ސަބަބުން އެ ޤައުމު ވަނީ ބޮޑު ހަމަނުޖެހުމަކަށް ވެއްޓި، ގިނަ އަދަދެއްގެ މީހުން ގެދޮރު ދޫކޮށް ދާންޖެހި، އިންސާނީ ހާލަތު ގޯސްވެ، އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ.

އާރުއެސްއެފް އަކީ ވަރަށް ވަރުގަދަ ޖަމާޢަތެކެވެ. އެއީ ދާފުރު ހަނގުރާމައިގެ ދުވަސްވަރު ހިނގި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގި ޖަންޖާވީދު މިލިޝިއާގެ ތެރެއިން އުފެއްދި ޖަމާއަތެކެވެ. ވަރަށް ބޮޑަށް އިންތިޒާމުކޮށްފައިވާ، ގިނަ ވަސީލަތްތައް ހުރި ޖަމާޢަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%