Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޯއައިސީއަށް ހުށަހެޅުމެއް

ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޯއައިސީއަށް ހުށަހެޅުމެއް

އާނާ ފަހީމް
424 ދުވަސް ކުރިން - 28 މެއި 2025 11:18
ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ
ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ
ޚުލާސާ

ސަޢުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެ ގުޅިގެން އެކުލަވާލި ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކުރުމާގުޅޭ ހައި-ލެވެލް ޕްރިންސިޕަލްތަކެއް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ހުށަހެޅުމަށް ނިންމައިފި.

ސަޢުދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، ނަޒާހާ އާއި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭ ހައި-ލެވެލް ޕްރިންސިޕަލްތަކެއް އެކުލަވާލައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މި ޕްރިންސިޕަލްތަކަށް އެއްބަސްވެފައިވަނީ މި މަހުގެ 6 އިން 7 އަށް ބޭއްވުނު "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025" ގައެވެ. މި ޕްރިންސިޕަލްތައް ހުށަހަޅާނީ އޯއައިސީގެ "މިނިސްޓީރިއަލް މީޓިންގ އޮފް އެންޓި-ކޮރަޕްޝަން އެންޑް ލޯ އެންފޯސްމެންޓް އެޖެންސީސް" އަށެވެ.

Advertisement

Advertisement 1

މި ހައި-ލެވެލް ޕްރިންސިޕަލްތަކަކީ، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ނަޒާހަތްތެރިކަމާއި، ހާމަކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށް އޯއައިސީ ޤައުމުތަކަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އޮނިގަނޑެކެވެ. މި ޕްރިންސިޕަލްތައް ބިނާކޮށްފައިވަނީ އިސްލާމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށެވެ. އަދި އދ.ގެ ކޮރަޕްޝަން ހުއްޓުވުމުގެ މުޢާހަދާ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ވެސް މީގައި ހިމެނެއެވެ.

މި ޕްރިންސިޕަލްތަކުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުމާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ހާމަކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި ނަޒާހަތްތެރިކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އެއްބާރުލުން ދިނުމާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމާއި، އެންޓި-ކޮރަޕްޝަން އޮނިގަނޑުތައް މޮނިޓަރކޮށް އިވެލުއޭޓްކުރުމާއި، މަޢުލޫމާތު ލިބުމުގެ ފުރުސަތު އިތުރުކުރުމާއި، ވިސްލްބްލޯވަރުން ހިމާޔަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.

އޭސީސީން ބުނާ ގޮތުގައި މި ހަމަތަކުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ ގޮންޖެހުންތައް ނައްތާލުމާއި، ދެމިގެންދާނެ، ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުމެވެ.

ސައުދީ އަރަބިއްޔާފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

43 މިނެޓު ކުރިން - 12:27

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

66 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

71 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

81 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

82 ދުވަސް ކުރިން - 21:06