ރާއްޖޭގައި އިތުރު ދެ ބޭންކެއް ހިންގުމުގެ ހުއްދަ ދޫކޮށްފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 27 މޭ 2025 01:28
ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ދެނީ. / ފޮޓޯ: އެމްއެމްއޭ.
ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ދެނީ. / ފޮޓޯ: އެމްއެމްއޭ.
ޚުލާސާ

ބޭންކު ހުޅުވަން ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް.

ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ. މި ހުއްދަ ދޫކޮށްފައިވަނީ 19 މެއި 2023 ގައެވެ.

ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ދެނީ. / ފޮޓޯ: އެމްއެމްއޭ.

އެމްއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެމްއެފްއެލްސީ އަށް ހުއްދަ ދީފައިވަނީ އެ ކުންފުނީގެ ނަން "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކް" އަށް ބަދަލުކުރުމަށެވެ.

މި ދެ ފަރާތަށްވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%