Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއީ ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ: ރައީސް

މިއީ ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ: ރައީސް

އަހްމަދު އީޒާން
425 ދުވަސް ކުރިން - 27 މެއި 2025 14:10
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށް.

މިއީ ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އަދި އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

Advertisement

Advertisement 1

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރީންނަށް ސައުދި އަރަބިއްޔާގެ ސަރުކާރުން ވަރަށް ހޫނު މަރުހަބާއަކާއި އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހައްޖުވެރީން އެއާޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރު ވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ އެވެ. އަދި ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ އެވެ.

އުންމީދަކީ ކުރިމަގުގައި މިއަށް ވުރެ ވެސް ކަންކަން ފަހިވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ހައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ހަމްދުކުރަން. އަދި ސައުދީ ސަރުކާރަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

"ރައީސް ވަނީ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާ އެކު، މަބްރޫރު ހައްޖެއް ދިވެހި ހައްޖުވެރީންނަށް މާތްﷲ މިންވަރު ކުރައްވާށި. އާމީން،"

ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުން އިއްޔެ ވަނީ ފުރަން ފަށައިފަ އެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕް ފުރީ މިއަދެވެ.

މި އަހަރު ރާއްޖެއިން 1،000 މީހަކު ހައްޖަށް ދެ އެވެ.

ސަރުކާރުން މިފަހަރު ހައްޖުވެރިންނަށް ވަނީ ލުއިފަސޭހަ އެތައް އިންތިޒާމެއް ހަމަޖައްސައިދީފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓީވް ތައާރަފުކޮށް ދަތުރުފަތުރުގެ ބޮޑެތި ލުއިތަކެއް ހަމަޖައްސައި ދީފައިވެ އެވެ. އަދި ހައްޖުވެރިންގެ ބީއެމްއެލް ކާޑުގެ ޑޮލަރު ލިމިޓް ވެސް 2،000 ޑޮލަރާ ހަމައަށް ބޮޑުކޮށްދީފައިވެ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންރައީސް ޑރ. މުޙައްމަދު މުއިއްޒުސައުދީ އަރަބިއްޔާމައްކާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

24 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

29 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

53 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

61 ދުވަސް ކުރިން - 21:40

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

67 ދުވަސް ކުރިން - 22:12

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

73 ދުވަސް ކުރިން - 14:22