Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

250 އެނދާއިއެކު ހުޅުމާލޭގެ ޞިއްޙީ ނިޒާމު އައު ހަރުފަތަކަށް: ޕްލޭން

250 އެނދާއިއެކު ހުޅުމާލޭގެ ޞިއްޙީ ނިޒާމު އައު ހަރުފަތަކަށް: ޕްލޭން

ހުސައިން އިސްމާއިލް
459 ދުވަސް ކުރިން - 27 މެއި 2025 09:40
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ހުޅުއްވައިދެއްވުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ހުޅުއްވައިދެއްވުން.
ޚުލާސާ

250 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ޕްލޭން ކުރަނީ ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި.

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ކުރިޔަށް އޮތް ތަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި 250 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ޕްލޭންކުރަމުންދާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެމްގެވުމާއެކު ކުރިޔަށް ގެންދާ ދުރުރާސްތާ ޕްލޭނެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަރައްޤީކުރި 14 އެނދުގެ އިމަރޖެންސީ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ އެނދުގެ ދަތިކަން ހައްލުކުރުމަށްޓަކައި 28 އެނދުގެ ވޯޑެއް ޤާއިމްކުރުމަށް ވެސް ޕްލޭންކޮށްފައިވާ ކަމަށާއި، މެންޓަލް ހެލްތް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

Advertisement 1

އަދި ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްޤީކުރަމުން އަންނަ 30 އެނދުގެ ޑަޔަލިސިސް ސެންޓަރު މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ހުޅުވުމަށް ނިންމާފައިވާ ކަމަށްވެސް އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ހާމަކުރެއްވިއެވެ. މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރުގައި 10 އެނދު ޤާއިމްކުރެވިފައިވާއިރު، 80 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެމުންދެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓަރޝަރީ ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، ގިނަ އިތުރު ޚިދުމަތްތަކެއް ވަނީ އެ ހޮސްޕިޓަލުގައި ޤާއިމްކުރެވިފައެވެ. މީގެ ތެރޭގައި ޒަމާނީ ވަސީލަތްތަކާއެކު 4 އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސް އަކާއި، 10 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓު (އައިސީޔޫ)، އަދި ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ހިމެނެއެވެ.

މި ހުރިހާ ތަރައްޤީތަކާއެކު، ހުޅުމާލެ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެއެވެ. ޚާއްޞަކޮށް 250 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީވުމުން، ހުޅުމާލޭގެ ޞިއްޙީ ނިޒާމު މުޅީން އައު ހަރުފަތަކަށް އަރައި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މި ތަރައްޤީތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ހުޅުމާލެ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ އިސް ހޮސްޕިޓަލްތަކުގެ ތެރެއިން ހޮސްޕިޓަލަކަށް ވެގެންދާނެ އެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ހުޅުމާލޭގައި ޚިދުމަތް ހޯދާ ފަރާތްތަކަށް އައިޖީއެމްއެޗަށް ނުވަތަ އެހެން ހޮސްޕިޓަލްތަކަށް ޚިދުމަތް ހޯދުމަށް ދާންޖެހޭ މިންވަރު މަދުވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން އިމަރޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތް ފަށައި، އިތުރު ޚިދުމަތްތައް ޤާއިމްކުރެވިފައިވާކަން ފާހަގަ ކުތެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހޮސްޕިޓަލްތައް ވާދަވެރި ގޮތުގައި ހިންގުމުގެ ބަދަލުގައި ގުޅިގެން މަސައްކަތްކުރުމަށް އަމާޒުކުރެވިފައިވާ ކަމަށް އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ފާހަގަކުރެއްވިއެވެ. މިގޮތުން، މިހާރު އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެހުޅުމާލެ ހޮސްޕިޓަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

24 ދުވަސް ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

29 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

37 ދުވަސް ކުރިން - 14:28

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

42 ދުވަސް ކުރިން - 19:54

ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

58 ދުވަސް ކުރިން - 12:53