Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓްރަޒެނެކާ އާއި އެސްޓީއޯ އިން އޮންކޮލޮޖީ ނަރުހުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

އެސްޓްރަޒެނެކާ އާއި އެސްޓީއޯ އިން އޮންކޮލޮޖީ ނަރުހުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

އަައިޝަތު ޒީނާ
426 ދުވަސް ކުރިން - 26 މެއި 2025 15:18
’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ ޕްރޮގްރާމްގެ ތެރެއިން. / ފޮޓޯ: އެސްޓީއޯ
’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ ޕްރޮގްރާމްގެ ތެރެއިން. / ފޮޓޯ: އެސްޓީއޯ
ޚުލާސާ

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް.

އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ (ONE) ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށްފައެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އެޕްރީލް މަހު 17 އޭޕްރީލް ގައެވެ. މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއް ކަން އެސްޓީއޯއިން ފާހަހަކުރިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުމަކީ މި ޕްރޮގްރާމްގެ އަމާޒުކަމަށް އެސްޓީއޯއިން ފާހަގަކުރިއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިއްމު ރޯލު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

Advertisement

Advertisement 1

’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ ޕްރޮގްރާމްގެ ތެރެއިން. / ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮއްގެން މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު 4 ސެޝަނެއްގެ މައްޗަށް ކަމަށާއި، މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ބައިވެރިވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

”އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެއް. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް. ONEޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް.“ ޕްރޮގްރާމް އާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވެއް ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ.

އެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

44 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

70 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

85 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

85 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

94 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

96 ދުވަސް ކުރިން - 13:50