Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝަމްޢާން 9 އަހަރަށް ޖަލަށް ލެވޭވަރުގެ ދަޢުވާތަކެއް

ޝަމްޢާން 9 އަހަރަށް ޖަލަށް ލެވޭވަރުގެ ދަޢުވާތަކެއް

ހުސައިން އިސްމާއިލް
376 ދުވަސް ކުރިން - 26 މެއި 2025 09:55
ޝަމްޢާން އާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިންކާރުކުރޭ.
ޝަމްޢާން އާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިންކާރުކުރޭ.
ޚުލާސާ

ޝަމްޢާންގެ މައްޗަސް އުފުލާފައިވާ ދަޢުވާތަކަކީ، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އަދި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތިން ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާތަކަކީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދުމާއި ގުޅޭ މައްސަލައެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އަދި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.

Advertisement

Advertisement 1

މި ދަޢުވާތައް އުފުލާފައިވަނީ މިއަހަރުގެ މާރިޗު މަހު ހިނގި ހާދިސާ އަކާއި ގުޅިގެންނެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 500,000 ރުފިޔާ ޝަމްޢާން ނެހި ކަމަށާއި، އެ ފައިސާތަކުން ޝަމްޢާން ލޯނުތަކެއް ދެއްކި ކަމަސް ވެއެވެ.

މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 900,000 ރުފިޔާ ނަގައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން އިތުރު ހަތަރު މީހެއްގެ މައްޗަށްވެސް އެކި ދަޢެކި ދަޢުވާތައް އުފުލާފައިވެއެވެ.

ޝަމްޢާން މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ހުރިހާ ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެއެވެ.

ޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

7 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

27 ދުވަސް ކުރިން - 17:52

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

39 ދުވަސް ކުރިން - 23:06

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

48 ދުވަސް ކުރިން - 17:32

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

މަސްތުވާތަކެއްޗާއި މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުމީހަކަށް ދައުވާކުރަނީ

55 ދުވަސް ކުރިން - 22:07

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ވީއައިއޭއިން ފޭރުނު ފައިސާގެ އަދަދު 1.9މިލިއަނަށް އަރާ

86 ދުވަސް ކުރިން - 22:15