Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް، ތެލެސީމިއާ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސް، ތެލެސީމިއާ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

އަހްމަދު އީޒާން
463 ދުވަސް ކުރިން - 25 މެއި 2025 21:27
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލޭސިމިއާ ސެންޓަރު ހުޅުއްވައިދެއްވަނީ / ފޮޓޯ: ޚުލާސާ
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލޭސިމިއާ ސެންޓަރު ހުޅުއްވައިދެއްވަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

ރައީސް ޑރ. މުއިއްޒު އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު ހަވީރު އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަ ހީމޮގްލޮބިނޯޕަތީސް ސެންޓަރު މިހާރު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް ބަދަލުކޮށްފަ އެވެ. ރައީސް ޑރ. މުއިއްޒު އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު ހަވީރު އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު އިފުތިތާހުކޮށްދެއްވުމަށް ފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ހިދުމަތް ދެއްވާ ބޭފުޅުންނާއި ހިދުމަތް ހޯދާ ބައެއް މީހުންނާއި ބައްދަލުކުރައްވައި، އެ މީހުންގެ ޝުއޫރުތައް އަޑުއައްސަވައިފަ އެވެ.

Advertisement

Advertisement 1

ތެލަސީމިއާ ޕޭޝަންޓުންނާއި ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމުން އެ މަޝްރޫއަށް ހާއްސަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫއު އަވަހަށް ކުރިއަށް ގެންދިއުމަށް ސިފައިންނާއި ހަވާލުކުރެއްވީ ރައީސް ޑރ. މުއިއްޒެވެ.

އެ މަސައްކަތް ސިފައިންނާއި ހަވާލުކުރުމުން ސިފައިން ވަނީ ގާތްގަނޑަކަށް އެއް މަސް ދުވަސްތެރޭ އެ މަސައްކަތް ނިންމާލައިފަ އެވެ.

ސަރުކާރުން ބުނީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެ އެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާ އެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފަ އެވެ. އަދި ފަސް ނަރުހުންނާއި ހަ ލެބް ޓެކްނީޝަނުން އިތުރުކޮށް، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެ އެވެ.

ހަމައެއާއެކު، އިދާރީ ބަޔަށް ވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށް ވެސް މުވައްޒަފުން ކުރިއަށް ވުރެ އިތުރުކޮށްފައިވެ އެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސައިފަ އެވެ.

ތެލަސީމިއާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

11 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

11 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

11 ގަޑިއިރު ކުރިން - 16:42