އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަނީ

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 25 މޭ 2025 21:24
ހުޅުމާލެ ޕޮލިސް ސްޓޭޝަން / ފޮޓޯ: ޚުލާސާ
ހުޅުމާލެ ޕޮލިސް ސްޓޭޝަން / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުޅުމާލެ ބުރެވިގަސް މަގުގައި ހިނގި މާރާމާރީގައި އެކަކުގެ ބޯ ވެސް ފަޅާލާފައިވޭ.

އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާ އާއި ދެމެދު ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ބުނާ މީހަކާއި ދެމެދު މާރާމާރީ ހިންގައިގެން އުޅޭ މައްސަލައެއް މިއަދު މެންދުރު ފަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ބުރެވިގަސް މަގުގައި ހިނގި މާރާމާރީގައި އެކަކުގެ ބޯ ވެސް ފަޅާލާފައިވެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އެކަކުގެ ބޯ ފެޅި، ކުދި އަނިޔާތައް ވެސް ލިބިފައިވާ ކަަމަށެވެ. އަނިޔާވި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%