ކަރަންޓު ފޮށީގެ ނަރުތައް ބުރިކޮށް މާލޭގެ ހަތް ގެއަކުން ކަރަންޓު ކަނޑައިލި މީހާގެ ބަންދަށް 10 ދުވަސް ދީފި އެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއިލް ސަމީމް، 29 އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.
ކަރަންޓު ފޮއްޓަށް ގެއްލުން ދޭ މައްސަލަ އާއި ކަރަންޓު ނަރު ވަގަށް ގެންދާ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށްފައިވެއެވެ.