ރަޝިއާއިން ރޭ ޔުކްރޭނަށް ވަރަށް ވަރުގަދަ ހަމަލާއެއްދީ ގިނަބަޔަކު މަރާލައިފި

ޖަވާދު | 8 ގަޑިއިރު ކުރިން - 25 މޭ 2025 10:29
ރޭ ރަޝިއާއިން ޔުކްރޭނަށް ދިން ޙަމަލާއާއި ގުޅިގެން ގެތަކުގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި ޔުކްރޭނުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ / ފޮޓޯ: ބީބީސީ
ރޭ ރަޝިއާއިން ޔުކްރޭނަށް ދިން ޙަމަލާއާއި ގުޅިގެން ގެތަކުގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި ޔުކްރޭނުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ / ފޮޓޯ: ބީބީސީ
ޚުލާސާ

250 ޑްރޯނާއި 14 ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ރޭ ޔުކްރެއިނަށް ރަޝިއާއިން ދިން ހަމަލާތަކުގައި 8 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ.

ރަޝިއާއިން ޔުކްރެއިނަށް އަމާޒުކޮށް ރޭ ވަރަށް ވަރުގަދަ ޙަމަލާއެއް ދީފިއެވެ. މި ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޔުކްރެއިނުގެ ސަރަޙައްދީ އޮފިޝަލުންނާއި ޙަވާލާދީ ބައިނަލްއަޤްވާމީ މަސްދަރުތަކުން މަޢުލޫމާތު ދީފިއެވެ.

ރަޝިއާއިން މި ޙަމަލާ ދީފައިވަނީ އެޤައުމުން ޔުކްރޭނަށް ބާރުގަދަ ނުރައްކާތެރި ޙަމަލާތަކެއް ނުދެތާ ދުވަސްގަނޑެއް ފަހުންނެވެ. މިއީ ފަހަކަށް އައިސް ދީފައިވާ އެންމެ ނުރައްކާޔެރި އެއް ޙަމަލާއެވެ. މި ޙަމަލާގައި ރަޝިއާއިން ވަނީ އެއްފަހަރާ 250 އަށްވުރެ ގިނަ ޑްރޯނާއި 14 ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައެވެ. މިކަމުގެ ސަބަބުން ޔުކްރޭނުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކުގައި އަލިފާން ރޯވެ ކީވް ސިޓީގައި 11 މީހުން ޒަޚަމްވެފައިވާ ކަމަށް ކީވް އިން ބުނެއެވެ.

ޔުކްރެއިނުގެ ހުޅަނގު ސަރަޙައްދުގައި 4 މީހުން މަރުވިއިރު ވެރިރަށް ކީވް ސަރަޙައްދުގައި 3 މީހުން މަރުވެފައިވެއެވެ. އަދި ދެކުނުގެ މައިކޮލައިވް ސިޓީގައި ވެސް އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމް ވިއެވެ.

ރަޝިއާއިން މި ޙަމަލާ ދިނީ ދުރާލާ އިންޒާރު ދިނުމަށްފަހުގައެވެ. ޙަމަލާ ދިނުމުގެ ކުރިން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެޤައުމުގެ 8 ސަރަޙައްދަކަށް ޔުކްރެއިނުން ޑްރޯން ހަމަލާ ދީފައިވާ ކަމަށާއި މި ޙަމަލާ އަކީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދެވޭ ޙަމަލާއެކެވެ. ޔުކްރޭނުން ދިން ޙަމަލާގައި ރަޝިއާގެ އެއާ ޑިފެންސް ޔުނިޓްތަކުން 95 ޑްރޯން ވަނީ ވައްޓާލާފައެއެވެ.

މި ޙަމަލާއާއި ގުޅިގެން މޮސްކޯގެ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލަން ވެސް ޖެހުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%