ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

އަހްމަދު އީޒާން | 36 ދުވަސް ކުރިން - 24 މޭ 2025 13:40
ށ. ބިލެތްފަހީގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ށ. ބިލެތްފަހީގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ޚުލާސާ

ބީއެމްއެލް އިން ބުނީ އެ ހުރިހާ އޭޓީއެމްއަކުން ވެސް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް.

ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

މީގެ ކުރިން އެ އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ދިނީ ހަތަރު ރަށުގައެވެ. ނަމަވެސް ބާކީ ހުރި 10 ރަށުގައި ވެސް މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ. އެ ރަށްތަކަކީ ބިލެތްފަހި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮއްޓެވެ.

ބީއެމްއެލް އިން ބުނީ އެ ހުރިހާ އޭޓީއެމްއަކުން ވެސް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ހއ. އަތޮޅާއި ނ. އަތޮޅާއި ކ. އަތޮޅާއި ދ. އަތޮޅު އަދި މ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ފަށައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%