ނަރުތައް ބުރިކޮށްގެން، 7 ގޭގެ ކަރަންޓު ކަނޑައިލި މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 9 ގަޑިއިރު ކުރިން - 24 މޭ 2025 12:20
ކަރަންޓު ފޮއްޓަށް ގެއްލުންދީގެން ހައްޔަރު ކުރި މީހާ / ފޮޓޯ: ޕޮލިސް
ކަރަންޓު ފޮއްޓަށް ގެއްލުންދީގެން ހައްޔަރު ކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ގެތަކުގެ ކަރަންޓް ކަނޑާލީ ކަރަންޓް ފޮށީގެ ނަރުތައް ބުރިކޮށްގެން. އޭގެތެރޭގައި އެމްޑީޕީ ހަރުގެ ވެސް ހިމެނޭ.

ނަރުތައް ބުރިކޮށްގެން، 7 ގޭގެ ކަރަންޓު ކަނޑައިލި މީހަކު ހައްޔަރުކޮށްފިއެވެ. ނަރުތައް ބުރިކޮށްލީ އެމްޑީޕީގެ ހަރުގެ ހިމެނޭ ބްލޮކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ފޮށީގެއެވެ.

ފުލުހުން ބުނީ ނަރުތައް ބުރިކޮށްލި މައްސަލައިގައި ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއީލް ސަމީމް، (29) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ ފޮއްޓަށް ދީފައިވާ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.

ކަރަންޓު ފޮއްޓަށް ގެއްލުން ދޭ މައްސަލަ އާއި ކަރަންޓު ނަރު ވަގަށް ގެންދާ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%