"ހޭލުންތެރި މީޑިއާ" ގެ މާލެ އަތޮޅު ޕްރޮގްރާމް ނިންމާލައިފި

އަައިޝަތު ޒީނާ | 14 ގަޑިއިރު ކުރިން - 23 މޭ 2025 23:25
"ހޭލުންތެރި މީޑިއާ" ގެ މާލެ އަތޮޅު ޕްރޮގްރާމްގެ ބައިވެރިން. / ފޮޓޯ: ވުޒާރާ
"ހޭލުންތެރި މީޑިއާ" ގެ މާލެ އަތޮޅު ޕްރޮގްރާމްގެ ބައިވެރިން. / ފޮޓޯ: ވުޒާރާ
ޚުލާސާ

ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޚަބަރު ގެނެސްދިނުމަށް މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވޭ.

މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ "ހޭލުންތެރި މީޑިއާ"ގެ މާލެ އަތޮޅު ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމްގައި ކ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ ފަރާތްތަކަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޚަބަރު ގެނެސްދިނުމަށް މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކުރި މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކިއެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓޭޑް ޚަބަރުތަކާއި ގުޅޭ މައުޟޫތައް ހިމެނެއެވެ.‎

ދެދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ބައިވެރިންނަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓްވެސް ހަވާލުކޮށްފައި ކަމަށް ވުޒާރާއިން ބުންޏެވެ.

މި ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭފުޅުންގެ އިތުރުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުންނާއި، މީޑިއާގެ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވަ ފަރާތްތަކާއި، ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތުގައި 20 އަހަރެއްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަހްމަދު ނަޒީފްއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%