ރައުދުގެ ބަންދަށް އަނެއްކާވެސް 5 ދުވަސް ޖަހައިފި

އާނާ ފަހީމް | 10 ގަޑިއިރު ކުރިން - 23 މޭ 2025 23:22
ރައުދު އަޙްމަދު ޛިލާލް/ ފޮޓޯ: ޕޮލިސް
ރައުދު އަޙްމަދު ޛިލާލް/ ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ވިދާޅުވި ގޮތުގައި ރައުދު ކުރިން ދޫކޮށްލާފައިވަނީ މައްސަލައާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން.

ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅު މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) ގެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލްގެ ބަންދުގެ މުއްދަތު އަނެއްކާވެސް 5 ދުވަހަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، އިއްޔެ ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރެވުނު ރައުދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރައުދު ކުރިން ދޫކޮށްލާފައިވަނީ މައްސަލައާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުންނެވެ. އަދި އޭނާ ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%