Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ހަދަނީ

ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ހަދަނީ

އަހްމަދު އީޒާން
419 ދުވަސް ކުރިން - 23 މެއި 2025 16:41
ސައުދީގައި ހައްޖުވެރިން ތިބޭ ހޮޓަލުގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކް ހަދަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސައުދީގައި ހައްޖުވެރިން ތިބޭ ހޮޓަލުގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކް ހަދަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އެ ކްލިނިކް ހަދަނީ މައްކާގެ އަބީރު ހޮސްޕިޓަލާއި ގުޅިގެން، ހައްޖުވެރިން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި.

މި އަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހިންނަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި ސިއްހީ ފަރުވާ ދިނުމަށް ކްލިނިކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށް ހައްޖު މޫސުމުގައި ހާއްސަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖު މިޝަނަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.

އެ ކްލިނިކް ހަދަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހައްޖުވެރިން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް އެ ކްލިނިކްގައި ގާއިމުކޮށްފައި ކަމަށެވެ. ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް އެ ކްލިނިކުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާއި ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމްކުރެވިގެންދާ ފުރަތަމަ ފަހަރު،" ޝަހީމް ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާއިރު، ހައްޖުވެރިން އަންނަ ހޯމަ ދުވަހު ސައުދީއަށް ދިއުމަށް ފުރަން ފަށާނެ އެވެ. މިފަހަރު ދިވެހި ހައްޖުވެރިން ހަތަރު ފްލައިޓެއްގައި ސައުދީއަށް ދަތުކުރާނެ އެވެ.

ސައުދީ އަރަބިއްޔާމޯލްޑިވްސް ހައްޖު ކޯޕަރޭޝަންމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

6 ދުވަސް ކުރިން - 21:23

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

15 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

43 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

52 ދުވަސް ކުރިން - 21:40

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

58 ދުވަސް ކުރިން - 22:12