މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓެއް ޖައްސައިފިއެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ، މިތާރީހީ ކާމިޔާބު ފާހަގަކުރައްވައި އެކްސް ޕޯސްޓެއް ކުރައްވާފައެވެ. އެ އެއާޕޯޓަށް ޖެއްސީ އެމިރޭޓްސް އެއާލައިންގެ ބޯޓެކެވެ.
އަމީން ވިދާޅުވީ މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އެ އެއާޕޯޓުގެ ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.
ޓެކްސީވޭ ބޮޑުކޮށް އޭޕްރަންގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއާއެކު މާފަރު އެއާޕޯޓުން ބޮއިން 777 މަރުކާގެ މަތިންދާ ބޯޓާއި އެއާބަސް A350 މަރުކާގެ ބޯޑު ފަހަރަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ވީ ކަމަށެވެ.
މާފަރު އެއާޕޯޓަށް އެންމެ ބޮޑެތި ބޯޓުތައް ޖެއްސުމަށް ސެޓިފިކޭޝަން މަރުހަލާ މިހާރު ކުރިއަށް ގެންދާއިރު, އެ މަރުހަލާ ނިމުމުން ރިކުއެސްޓް އަންނަ ވަރަކުން ފްލައިޓްތަކަށް ޖެއްސޭނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިިވިއަނުން ބުނެފައިވެ އެވެ.