ރޭގެ އެކްސިޑެންޓުގައި މީހެއްގެ ފަލަމަސްގަނޑާއި ހިސާބުން ބިނދިއްޖެ

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 22 މޭ 2025 08:36
ހުޅުމާލެ ބްރިޖް މަތީގައި މީގެ ކުރިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ. 2008 އިން 2024 ގެ ސެޕްޓެންބަރާ ހަމައަށް އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެފައިވޭ.
ހުޅުމާލެ ބްރިޖް މަތީގައި މީގެ ކުރިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ. 2008 އިން 2024 ގެ ސެޕްޓެންބަރާ ހަމައަށް އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެފައިވޭ.
ޚުލާސާ

ރޭ ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި 3 މީހަކަށް އަނިޔާވި. 2008 އިން 2024 ގެ ސެޕްޓެންބަރާ ހަމައަށް އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެފައިވޭ.

ރޭ ގާތްގަނޑަކަށް 9:48 ހާއިރު ސިނަމާލެ ބްރިޖުގައި ދެ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ދެ ސައިކަލު އެއްކޮށް ކުރިމަތީގައި ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ޓްރެފިކް ހުއްޓިފައި އޮތް ވަގުތު، ދެވަނަ އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެއީ މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތަށް އެހެން ސައިކަލެއް އުރިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ފަލަމަސްގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ.

އަނިޔާވި ތިން މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ރާއްޖޭގައި އެކްސިޑެންޓުތަކަކީ ޒުވާނުންގެ މަރުގެ މައިގަނޑު އެއް ސަބަބެވެ. 2008 އިން 2024 ގެ ސެޕްޓެންބަރާ ހަމައަށް އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެފައިވެއެވެ. މި އަހަރުގެ މިހާތަނަށް 1103 އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

އެކްސިޑެންޓުތަކުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "ނެޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023" އެކުލަވާލާފައެވެ. ނަމަވެސް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މި ހާދިސާއިން ހާމަވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%