Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްއެމްއޭއަށް ބޭންކުތަކުން ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު 90 އިންސައްތައަށް އިތުރުކުރަނީ

އެމްއެމްއޭއަށް ބޭންކުތަކުން ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު 90 އިންސައްތައަށް އިތުރުކުރަނީ

އާނާ ފަހީމް
402 ދުވަސް ކުރިން - 21 މެއި 2025 10:34
އެމްއެމްއޭ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ޖޫން 1 އިން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު 60 އިންސައްތައިން 90 އިންސައްތައަށް އިތުރުކުރުމަށް އެމްއެމްއޭއިން ނިންމައިފި.

ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު 90 އިންސައްތައަށް އިތުރުކުރުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލު ގެނެވޭނީ 1 ޖޫން 2025 އިން ފެށިގެންނެވެ. މިހާރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހެނީ 60 އިންސައްތައެވެ.

އެމްއެމްއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ކަމަށެވެ.

Advertisement

Advertisement 1

މި ބަދަލު ގެނެސްފައިވަނީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ ވަކި މިންވަރެއް ރައްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާގޮތަށް މިފަހުން ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް 150 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ މާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އެމްއެމްއޭޑޮލަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

2 ދުވަސް ކުރިން - 17:16

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

10 ދުވަސް ކުރިން - 10:51

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

11 ދުވަސް ކުރިން - 14:59

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

11 ދުވަސް ކުރިން - 14:32

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

22 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

26 ދުވަސް ކުރިން - 13:39