ޤީލާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަނުގެ ރައީސަށް އަރުވައިފި

ހުސައިން އިސްމާއިލް | 151 ދުވަސް ކުރިން - 21 މޭ 2025 08:34
ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެންއަށް އަރުވަނީ. / ފޮޓޯ: ޚާރިޖީ ވުޒާރާ.
ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެންއަށް އަރުވަނީ. / ފޮޓޯ: ޚާރިޖީ ވުޒާރާ.
ޚުލާސާ

ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެންއަށް އަރުވައިފި.

ރާއްޖޭން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެންއަށް އަރުވައިފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ރަސްމިއްޔާތު އޮތީ ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަންގެ ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގްގައެވެ.

މީގެ ކުރިން ވެސް އީޔޫގެ ޤައުމުތަކަށް ޚާއްޞަ ޤީލާ އަކީ ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރުވެސް މެއެވެ.

ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ޤީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑާ ލެޔެންއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް، ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ޤީލާ ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑާ ލެޔެން ވަނީ ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމާއި ޤީލާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%