Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

އަައިޝަތު ޒީނާ
427 ދުވަސް ކުރިން - 20 މެއި 2025 14:27
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ނަން ބޯޑު. / ފޮޓޯ: އެންޑީއޭ
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ނަން ބޯޑު. / ފޮޓޯ: އެންޑީއޭ
ޚުލާސާ

މިދިޔަ ހޮނިހިރު ދުވަހު މި ތިން ރިމާންޑް ސެންޓަރު ހުޅުވާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގައި.

މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ތިން ރިމާންޑް ސެންޓަރު ހުޅުވާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގައި ހުންނަނީ ޑިޓޮކްސް ފެސިލިޓީގައެވެ.

އެ ފެސިލިޓީތައް ހުޅުވާފައިވަނީ އިތުރު ފަރުވާތަކާއެކު ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުންޏެވެ. އެގޮތުން ފުވައްމުލައް އަދި ތިނަދޫގައި ދެމުން އަންނަނީ ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރިހެބިލިޓޭޝަންގެ މަސައްކަތެވެ. އަދި ހިތަދޫގައި ޤާއިމްކޮށްފައިވަނީ ވިލުނު ސެންޓަރެވެ.

Advertisement

Advertisement 1

އެންޑީއޭ އިން ބުނީ އެތަންތަނުގައި މީގެ ކުރިން ދެމުން އައި ހަމައެކަނި ޑިޓޮކްސް އަދި ކޮމިއުނިޓީ ފަރުވާ ކަމަށެވެ. ނަމަވެސް އެ ތަންނަނުން މިހާރު ރިމާންޑް ޚިދުމަތްވެސް ލިބޭނެ ކަމަށް އެންޑީއޭއިން ބުންޏެވެ.

އެންޑީއޭއިން ދެމުން އަންނަނީ ރެސިޑެންޝަލް އާއި ނޮން-ރެސިޑެންޝަލް ފަރުވާއެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑިޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލަ ޙައްލު ކުރުމަށް މީގެ ކުރީ ސަރުކާރުތަކުން އެދެވޭ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން އަންނަނީ މި ދައުރުގެ ތެރޭގައި މި މައްސަލައަށް ހައްލު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ. އެގޮތުން މި ސަރުކާރުން އެކަން ކުރާނީ ސަޕްލައި ސައިޑަށް ބޮޑަށް އިސްކަންދީގެން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތިނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

6 ދުވަސް ކުރިން - 14:14

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

18 ދުވަސް ކުރިން - 14:50

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

25 ދުވަސް ކުރިން - 23:51

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

31 ދުވަސް ކުރިން - 16:04

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

58 ދުވަސް ކުރިން - 20:42