ހުޅުމާލޭގައި ބޮޑެތި އަނިޔާ ދިނުމަށްފަހު ފޯނުތަކެއް ފޭރިގެންފި

އާނާ ފަހީމް | 14 ގަޑިއިރު ކުރިން - 20 މޭ 2025 11:20
ހުޅުމާލޭ ފޭސް 2 / ފޮޓޯ: ޚުލާސާ
ހުޅުމާލޭ ފޭސް 2 / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުޅުމާލޭ ފޭސް 2 ގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ދެ ފޯނު ފޭރިގަތް ކަމަށް ފުލުހުން މަޢުލޫމާތު ދީފި.

ހުޅުމާލޭ ފޭސް 2 ގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު، ދެ ފޯނު ފޭރިގަތް ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 23:51 ހާއިރު ހުޅުމާލޭ ފޭސް 2 ގެ އެޗް 11 ސަރަހައްދު ކައިރީގައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކުތަކުން މާލެއާއި ހުޅުމާލޭގައި މިހާރު ވަނީ ބޮޑެތި ވިޔަފާރިތައް ރަޖިސްޓްރީކޮށް ހިންގަން ފަށާފައެވެ. މޫނުމައްޗަށް ދައްކައިގެން އުޅެނީ ހަލާލު ވިޔަފާރި ކުރާކަމަށެވެ. ނަމަވެސް ސިއްރިޔާތުގައި ކުރާ ވިޔަފާރިއަކީ ޑުރަގު ވިޔަފާރި ކަމަށް ތުހުމަތު ކުރެވެއެވެ. މިކަންކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް ދެކެވެމުންދާއިރު، ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ފޭރުމުގެ އަމަލުތައް ގިނަވަނީ މަސްތުވާ ތަކެތީގެ ސަބަބުންނެވެ. އަދި މިހާތު މާލޭގައި ގެންގުޅެނީ ބާރުގަދަ ނުރައްކާތެރި މަސްތުވާ ކެމިކަލް ކަމަށް ވެސް ފުލުހުންގެ އޮފިސަރަކު ކަށަވަރު ކުރިއެވެ.

ފުލުހުން ބުނީ ފޯނުތައް ފޭރުމުގައި ހިންގި މާރާމާރީގައި އެކަކުގެ ބޯ އިސްބޯ ދަށުން ފަޅައިގެން ގޮސްފައިވާއިރު، ދެވަނަ މީހާގެ ބުރަކަށީގެ އިތުރުން އެކި ތަންތަން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މާރާމާރީ ހިންގި ފަރާތްތަކުން ދެ ފޯނު ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަ،ަބެސް މި މާރާމާރީ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހިންގި މާރާމާރީއެއް ކަމެއް ފުލުހުން ނުބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%