ނ. ކުޑަފަރީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އާނާ ފަހީމް | 7 ގަޑިއިރު ކުރިން - 19 މޭ 2025 16:29
ނ. ކުޑަފަރީގައި މަހުން އުފައްދާ ބާވަތްތަކާބެހޭ ޕްރޮގްރާމެއް ފެށުން. / ފޮޓޯ: މިނިސްޓްރީ
ނ. ކުޑަފަރީގައި މަހުން އުފައްދާ ބާވަތްތަކާބެހޭ ޕްރޮގްރާމެއް ފެށުން. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މިއަދުން ފެށިގެން މިމަހުގެ 22 އަށް ކުރިޔަށްދާ މި ޕްރޮގްރާމްގައި 15 ފަރާތަކުން ބައިވެރިވި.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނ. ކުޑަފަރީގައި މަހުގެ އަގުއެއްކުރި އުފެއްދުންތައް ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 15 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 އަންހެނުންނާއި އެންމެ ފިރިހެނެކެވެ. މި ތަމްރީނުގައި މަހުން ތައްޔާރުކުރާ ބާވަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން، އަމަލީގޮތުން އެތަކެތި ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮހިކޮށްދޭނެކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރުތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ވުޒާރާގެ ފަންނީ ދެ މުވައްޒަފުންނެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެއްކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%