އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އަހްމަދު އީޒާން | 28 ދުވަސް ކުރިން - 19 މޭ 2025 16:10
އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ / ފޮޓޯ: ޕޮލިސް
އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރާ ކަމަށް.

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

‎އެ އެއްޗެހި ނައްތާލީ މިދިޔަ ބުދަ ދުވަހު އެވެ.

ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މި އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އިފުރު އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

‎ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކާ އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%