ޑިޖިޓަލައިޒް ކުރިޔަސް އީ-ވޯޓިން ނުގެންނާނެ

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 19 މޭ 2025 12:32
“މޯލްޑިވްސް 2.0” ގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.
“މޯލްޑިވްސް 2.0” ގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

"މޯލްޑިވްސް 2.0" ގެ ތެރެއިން ރާއްޖެ ޑިޖިޓަލައިޒް ކުރަނީ އީ ވޯޓިންގ ނިޒާމަކަށް ދިޔުމަށް ނޫން.

ރާއްޖެ ޑިޖިޓަލް ކުރިޔަސް އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ ވޯޓިން ނުގެންނާނެ ކަމަށް ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް ވިދާޅުވެއްޖެއެވެ. "މޯލްޑިވްސް 2.0" ގެ ތެރެއިން ރާއްޖެ ޑިޖިޓަލައިޒް ކުރަނީ އީ ވޯޓިންގ ނިޒާމަކަށް ދިޔުމަށް ނޫން ކަމަށާއި، އެއްވެސް އިރެއްގައި އެފަދަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާއަކާއި ވާހަކަދައްކަވަމުން ސިޔާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި އެއްވެސް އިރެއްގައި އީ ވޯޓިންއާ ގުޅޭގޮތުން އިރުޝާދެއް ދެއްވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެ ޑިޖިޓަލައިޒްކުރާއިރު، ކޮރަޕްޝަނަށް ހުޅުވާލެވިފައި ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ނިޒާމަކަށް ގެނެސްދިނުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށް ސިޔާހު ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގެ ރައީސް މުޢިއްޒުގެ ގައުމީ ތަސައްވުރެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫޢުއާއި ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%