ބައިޑަން އަށް ކެންސަރު ޖެހިއްޖެ

ޖަވާދު | 3 ދުވަސް ކުރިން - 19 މޭ 2025 10:07
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން: އޭނާއަށް ވަނީ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހިފައި.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން: އޭނާއަށް ވަނީ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހިފައި.
ޚުލާސާ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ނުރައްކާތެރި ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހިފައިވާކަން އޭނާގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފިއެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބައިޑެންގެ ކަށިތަކަށް މިހާރު ކެންސަރު ފެތުރިފައިވާކަން އެނގިފައިވަނީ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުންނެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމަށް ބައިޑެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ކުރިން ބައިޑެންގެ އުމުރާއި ސިއްހަތާ މެދު ފާޑުކިޔަމުން ދިޔަ ނަމަވެސް، މިފަހަރު ބައިޑެންގެ މި އާލާސްކަންފުޅުގެ ޚަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޖޯ ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާ ހަވާލުވީ 2020 ވަނަ އަހަރުއެވެ. ވެރިކަމާ ހަވާލުވުމަށްފަހު ވެސް ބައިޑަން އެކި ބަލިތަކަށް ފަރުވާ ހޯދި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކަން ކެންސަ ސޮސައިޓީން ބުނާ ގޮތުގައި ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރުގެ ބާވަތެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި ކޮންމެ 100 ފިރިހެނުންގެ ތެރެއިން 13 ފިރިހެނުންނަށް އުމުރުގެ ކޮންމެވެސް ހިސާބަކުން ޕްރޮސްޓޭޓް ކެންސަރު ޖެހޭނެއެވެ. އަދި އުމުރަކީ މި ބާވަތުގެ ކެންސަރު ޖެހުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށްވެސް ސީޑީސީން ފާހަގަކުރެއެވެ.

ވެރިކަމުން ވަކިވުމަށްފަހު، ބައިޑެން އާންމުންނަށް ފެނިފައިވަނީ ވަރަށް މަދުންނެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވެސް ވަނީ ސިކުނޑީގެ ކެންސަރު ޖެހިގެން 2015 ވަނަ އަހަރު ނިޔާވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%