އެސްޓީއޯގެ ހެޑް އޮފީސް ހުންނަ އިމާރާތާ ޖެހިގެން 15 ބުރީގެ މަލްޓި-ޕާޕޯސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މިހާރު މެޑިކަލް ވެއާރހައުސެއްގެ ގޮތުގައި ބޭނުންކުރާ 15،000 އަކަ ފޫޓުގެ ބިމުގައި އަޅަން ނިންމާފައިވާ އިމާރާތުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ފަސް މަސްތެރޭ ނިމޭނެ ކަމަށެވެ.
"ކުރިން ވިސްނީ 25 ބުރީގެ އިމާރާތެއް ހަދަން. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން 15 ބުރިއަށް އިމާރާތް ކުރަން ނިންމާފައި ވަނީ،" ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް ވިދާޅުވި އެވެ.
މި އިމާރާތް އަޅަނީ އެސްޓީއޯގެ ވިޔަފާރި ފުޅާކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށެވެ.