ހއ އިން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

އަހްމަދު އީޒާން | 42 ދުވަސް ކުރިން - 18 މޭ 2025 16:03
ވިއްސާރަ ދުވަހެއްގައި މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: ޚުލާސާ
ވިއްސާރަ ދުވަހެއްގައި މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އޮފީހުން އެ އެލާޓުގެ ނެރުނީ މިރޭ 9:30 އާ ހަމައަށް.

ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ އިން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް މިއަދު ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ. މެޓް އޮފީހުން އެ އެލާޓުގެ ނެރުނީ މިރޭ 9:30 އާ ހަމައަށެވެ. އެ ވަގުތުތަކުގައި ހއ. އިން ފެށިގެން ވ. އަތޮޅާ ދެމެދުގައިވާ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނި ގޮތުގައި, މިހާރު މި ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގައި ކުރާ ވިއްސާރަ އެވެ.

ހާއްސަކޮށް މެދު ރާއްޖެ ތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%