އެސްޓީއޯއިން ހިއްސާދާރުންނަށް ވަގުތުން ފައިސާ ޖަމާކޮށްދިނުމުން ތައުރީފް!

އާނާ ފަހީމް | 13 ގަޑިއިރު ކުރިން - 18 މޭ 2025 13:50
އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ތެރެއިން/ ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ތެރެއިން/ ފޮޓޯ: އެސްޓީއޯ
ޚުލާސާ

ޖަލްސާ ކުރިއަށްދަނިކޮށް ހިއްސާގެ ފައިދާ ޖަމާކޮށްދިނުމަކީ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވާ ކަމެއް.

އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމަށް ފާސްކުރުމާއެކު، ވަގުތުން ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދީފިއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު އޭޖީއެމްގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކުރެވުނެވެ. މި ނިންމުން ފާސްވީ ޖަލްސާގައި ބައިވެރިވި 299 ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓް މެންބަރުންގެ ވޯޓުންނެވެ.

ޖަލްސާގައި ހިއްސާދާރުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމުން، އެއް ހިއްސާދާރަކު ވަނީ ޖަލްސާ ކުރިއަށްދަނިކޮށް ހިއްސާގެ ފައިދާ ޖަމާކޮށްދިނުމަކީ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވާ ކަމެއްކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މި ހިއްސާދާރުގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން ޖަލްސާގައި ބައިވެރިވި އެހެން ހިއްސާދާރުން ވެސް ވަނީ އަތްތިލަބަޑި ޖަހައިފައެވެ. އަދި އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ކުރީގެ އަހަރުތަކުގައި ހިއްސާގެ ފައިދާ ޖަމާނުވެގެން އެތައް ފަހަރެއްގެ މަތިން ކުންފުންޏަށް ގުޅަން ޖެހުނު ކަމަށެވެ.

މި އައު އުސޫލަކީ ހިއްސާދާރުންނަށް ފަސޭހަވެ، އެސްޓީއޯގެ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ހިއްސާދާރުން ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%