އެސްޓީއޯގެ ހިއްސާގެ އަގު ރެކޯޑު އަގަކަށް އަރައިފި

އާނާ ފަހީމް | 4 ދުވަސް ކުރިން - 18 މޭ 2025 11:57
ބާސެލޯ ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަފުުދައްކަވަނީ/ ފޮޓޯ: އެސްޓީއޯ
ބާސެލޯ ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަފުުދައްކަވަނީ/ ފޮޓޯ: އެސްޓީއޯ
ޚުލާސާ

އެސްޓީއޯގެ ހިއްސާއެއްގެ އަގު 1،900 ރުފިޔާއަށް އަރާފައިވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވެއްޖެ. މިއީ ތާރީޚުގައި ހިއްސާގެ އަގު އަރާފައިވާ އެންމެ މަތީ އަގު.

އެސްޓީއޯގެ ހިއްސާއެއްގެ އަގު ހިއްސާގެ ބާޒާރުގައި 1،900 ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއީ ކުންފުނީގެ ތާރީޚުގައި ހިއްސާގެ އަގު އަރާފައިވާ އެންމެ މަތީ އަގެވެ.

ބާސެލޯ ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ މިއީ އާދަޔާ ޚިލާފު އަގެއް ކަމަށާއި، ފަހަރެއްގައި މިއީ ކުންފުނީގެ ޑިވިޑެންޑް އިޢުލާނު ކުރުމާ ގުޅިގެން އައި ބަދަލެއް ކަމަށް ވެދާނެ ކަމަށެވެ.

ޝިމާދު ހާމަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރު ހިއްސާ ހުރީ 1،200 ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރިން ހުރި އަގާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. އަދި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، 2015 އިން 2021 އާ ހަމައަށް، ކުންފުނީގެ ހިއްސާގެ އަގު އެވްރެޖްކޮށް 400 އާއި 600 ރުފިޔާއާ ދެމެދުގައި ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ވަނީ ފާސްކޮށްފައެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ ގޮތުގައި މއ. ޓިއުލިޕްވިލާ، މުޙައްމަދު އަޙްސަން ސަލީމް ވަނީ ދެވަނަ ފަހަރަށް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރަށް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް އައްޔަންކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%