Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް މިމަހު ރަޖިސްޓްރީ ހަދަން ފަށަނީ

ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް މިމަހު ރަޖިސްޓްރީ ހަދަން ފަށަނީ

ހުސައިން އިސްމާއިލް
389 ދުވަސް ކުރިން - 17 މެއި 2025 22:47
ގުޅިފަޅު އާ ލޭންޑްޔޫސް ޕްލޭން.
ގުޅިފަޅު އާ ލޭންޑްޔޫސް ޕްލޭން.
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން.

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް މި މަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެކަން މިނިސްޓްރީން އިއުލާން ކުރީ މިއަދު އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއި ގުޅިގެން، ކުރިން ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް މިހާރު ހިއްކާފައިވާ ސަރަހައްދުން ދޫކުރާމެއެވެ. މިއީ ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ގޯތީގެ ރަޖިސްޓްރީ ދިނުމަށްޓަކައި ގެނެވުނު ބަދަލެކެވެ.

Advertisement

Advertisement 1

"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައެވެ،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މި ބަދަލާއެކު، ކުރިން ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭނެއެވެ. މީގެ އިތުރުން، ކޮމާޝަލް އަދި އިންސްޓިޓިއުޝަނަލް ބޭނުންތަކަށް ކަނޑައަޅާފައިވާ ބިންތައް ވެސް ވަނީ އަލުން ރޭވިފައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެ ކަމަށާއި، އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށެވެ.

މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. މިއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު ފަރާތްތައް ވެސް ހިމަނައިގެންނެވެ.

މީގެ އިތުރުން، ސާވޭ މަސައްކަތްތައް ނިމުމާއެކު ވީހާވެސް އަވަހަކަށް ހަވާލުކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާ ލޭންޑް ޔޫސް ޕްލޭނުގައި ހައުސިންގ ޔުނިޓްތަކާއި ރެސިޑެންޝަލް ޕްލޮޓްތަކުގެ އިތުރުން، ސަރުކާރު އޮފީސްތަކާއި، ކޮމާޝަލް ޒޯނާއި، ވިޔަފާރިތަކަށް ޚާއްޞަ ސަރަހައްދުތަކާއި، ޓޫރިޒަމަށް ޚާއްޞަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

ގުޅިފަޅު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ދެނީ

ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް!

135 ދުވަސް ކުރިން - 16:28

މިދިޔަ ސަރުކާރުން ކަނޑުން ދީފައިވާ ގޯތިތަކަށް މި ސަރުކާރުން ބިން ހިއްކައި ނިންމައިފި

ހުޅުމާލެ ފޭސް 3 ހިއްކައި ނިންމާލައިފި

137 ދުވަސް ކުރިން - 18:39

ގުޅީފަޅުން ގޯތި ލިބުނު 41 މީހަކަށް މިއަދު ބިން ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު 41މީހަކަށް ބިން ހަވާލުކޮށްފި

139 ދުވަސް ކުރިން - 13:41

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

175 ދުވަސް ކުރިން - 16:59

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ދިރިއުޅެން ދޭ ތަންތަނުގައި ލޮރީ ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ދިރިއުޅެން ދޭ ތަންތަނުގައި ލޮރީ ރަޖިސްޓްރީކުރެވޭނެގޮތް ހަދައިފި

184 ދުވަސް ކުރިން - 15:53

މަސައްކަތުގެ ދުވެލި އަވަސްކޮށް ރަސްމާލެއިން 215 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެއިން 215 ހެކްޓަރުގެ ބިން ހިއްކައިފި

184 ދުވަސް ކުރިން - 01:51